ރައީސްގެ ތަޞައްވުރުގައި ނޭވީ އަދި އެއަރފޯސްގެ މައްޗަށް އެކުލެވޭ ޔުނިފައިޑް އާމްޑް ފޯސްއެއް

އުސްތާޛް މުޙައްމަދު ޢަލީ | 223 ދުވަސް ކުރިން - 22 އޭޕްރިލް 2025 08:49
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފައިންނާއި މުޚާޠަބުކުރައްވަނީ: އެމަނިކުފާނުގެ ތަޞައްވުރަކީ ސިފައިންނަކީ މިރާއްޖޭގެ ދިފާޢުގައި މަސައްކަތްކުރެވޭނެ ޤާބިލް ލަޝްކަރަކަށް ހެދުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފައިންނާއި މުޚާޠަބުކުރައްވަނީ: އެމަނިކުފާނުގެ ތަޞައްވުރަކީ ސިފައިންނަކީ މިރާއްޖޭގެ ދިފާޢުގައި މަސައްކަތްކުރެވޭނެ ޤާބިލް ލަޝްކަރަކަށް ހެދުން.
ޚުލާސާ

ޤައުމުގެ އިޤްތިޞާދު މިނިވަންކަމާއެކު ހިމާޔަތްކޮށް ވަރުގަދަކުރެވޭނީ ސިފައިންނަށް އަސްކަރީ ބާރުވެރިކަން ގެނެސްދީގެން.

ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށް އޮތް ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ހާމަކުރައްވައިފިއެވެ. ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އާމީ، ނޭވީ އަދި އެއަރފޯސްގެ މައްޗަށް އެކުލެވޭ ޔުނިފައިޑް އާމްޑް ފޯސްއަކަށް ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަކީ ސަރުކާރުގެ ތަސައްވުރު ކަމަށެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅެއްގައެވެ. އެހެންކަމުން، އިޤްތިޞާދީ ކޮޅަށްޖެހުމުގެ މަސައްކަތާއެކު އަސްކަރިއްޔާ ތަރައްޤީކޮށް، ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްވެސް ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ ހިކިފަސްތަން މަދު، އަދި ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވުމަކީ މިނިވަންކަމާމެދު ފަރުވާކުޑަކުރުމަށް އޮންނަ އުޒުރެއް ނޫން ކަމަށެވެ. ޤައުމުގެ އިޤްތިޞާދު މިނިވަންކަމާއެކު ހިމާޔަތްކޮށް ވަރުގަދަކުރެވޭނީ ސިފައިންނަށް އަސްކަރީ ބާރުވެރިކަން ގެނެސްދީގެން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ސިފައިންގެއަށް ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ގެނެސްދެއްވާނެ ކަމަށާއި، ތަމްރީންކުރާ ސިފައިން އިތުރުކުރުމަށް ތަމްރީންދޭ މަރުކަޒުތައް ބޮޑުކޮށް، އެތަންތަނުގެ ކެޕޭސިޓީވެސް އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%