ދިވެހި އަސްކަރިއްޔާއަށް ހޯދަނީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުން ހޯދަން މަޖުބޫރު ތަކެތި: ދިފާޢީ ވަޒީރު

އުސްތާޛް މުޙައްމަދު ޢަލީ | 43 ދުވަސް ކުރިން - 22 އޭޕްރިލް 2025 08:01
ސިފައިންގެ ދުވަހާއި ގުޅިގެން ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް ޑރ. މުޢިއްޒުއާއި އާއި ދިފާޢީ ވަޒީރު.
ސިފައިންގެ ދުވަހާއި ގުޅިގެން ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް ޑރ. މުޢިއްޒުއާއި އާއި ދިފާޢީ ވަޒީރު.
ޚުލާސާ

އަސްކަރިއްޔާ ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް އިންވެސްޓަރުންގެ ޔަޤީންކަން ދަމަހައްޓަން ލިބިދޭ ކަމެއް.

ދިވެހި އަސްކަރިއްޔާއަށް ހޯދަނީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުން ހޯދަން މަޖުބޫރު ވަސީލަތްތައް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 133 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ވަޒީރު ވިދާޅުވީ އަސްކަރިއްޔާ ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް އިންވެސްޓަރުންގެ ޔަޤީންކަން ދަމަހައްޓަން ލިބިދޭ ކަމެއް ކަމަށެވެ.

ދިފާޢީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދިވެހިންނަކީ ޤައުމު ދިފާޢު ކުރުމުގެ ފަޚުރުވެރި ތާރީޚެއް އޮތް ބައެކެވެ. އަދި ދިވެހިންނަކީ އެއްވެސް އިރެއްގައި އިސްވެ ހަނގުރާމަ ކުރާނެ ބައެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވޭތުވެދިޔަ 15 އަހަރެއްހާ ދުވަހު އިހުމާލުވެފައިވާ ކަންތައްތަކުގެ ސަބަބުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ނުރައްކާވާފަދަ ހާދިސާތައް ހިނގާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުން ވައިގެ ބާރު އުފައްދައި، އެއްގަމުގެ ބާރާއި މެރީން ކޯ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް، އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަކީ އިޤްތިޞާދީ ގޮތުން ވެސް މުހިންމު ކަމެއްކަމަށާއި، މިކަމަކީ އިންވެސްޓަރުންގެ ޔަޤީންކަން އިތުރުކޮށްދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސިފައިންގެ 24 ގަޑިއިރުގެ ޚިދުމަތަށް ޝުކުރު އަދާކުރައްވައި، ޤައުމީ ޚިދުމަތުގައި އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރުމަށް ގޮވާލެއްވިއެވެ.

ދިފާޢީ ވަޒީރު ވަނީ ދިވެހި ސިފައިންގެ އަސްކަރީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ މަސައްކަތަށް އެންމެހާ ސިފައިންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%