Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިވެހި ރައްޔިތުންގެ ހިމާޔަތަށް އެންމެ ގާބިލު ލަޝްކަރަކީ ސިފައިން: ރައީސް

ދިވެހި ރައްޔިތުންގެ ހިމާޔަތަށް އެންމެ ގާބިލު ލަޝްކަރަކީ ސިފައިން: ރައީސް

މުހައްމަދު ޖަމްޝަތު
96 ދުވަސް ކުރިން - 21 އޭޕްރިލް 2026 12:09
ރައީސް ޑރ. މުޢިއްޒު ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ އަސްކަރީ ހިނގާލުން ބައްލަވާލެއްވުން---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޢިއްޒު ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ އަސްކަރީ ހިނގާލުން ބައްލަވާލެއްވުން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދިވެހި ގައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކޮށްދެއްވާ އަގުހުރި ހިދުމަތަށްޓަކައި ރައީސް ފަށްފަށުން ޝުކުރު ދެންނެވި

ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ގާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި ވިދާޅުވީ، ދިވެހި ސިފައިންގެ 134 އަހަރުގެ ދިގު ތާރީހުގައި ހިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، އަދި ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް ކަމަށެވެ. އަދި ދިވެހި ގައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކޮށްދެއްވާ އަގުހުރި ހިދުމަތަށްޓަކައި އެމަނިކުފާނު ވަނީ ފަށްފަށުން ޝުކުރު ދަންނަވާފައެވެ.

Advertisement

Advertisement 1

ދިވެހިރާއްޖޭގައި ރަސްމީގޮތެއްގައި ސިފައިންގެ ހިދުމަތް ފަށާފައިވަނީ 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް އެޕްރީލް 21 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ސިފައިންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި އަހަރުގެ ސިފައިންގެ ދުވަހާ ގުޅުވައިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ރޭވިފައެވެ. އެގޮތުން، އަންނަ މަހުގެ 2 ވަނަ ދުވަހު މާލޭގެ މަގުތަކުގައި ސިފައިންގެ އަސްކަރީ ހިނގާލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްފައިވާ ސިފައިންނަށް ހިތްވަރު ދިނުމާއި، އެމްއެންޑީއެފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ސިފައިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ސިފައިންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ފޮނުއްވަމުންނެވެ.

ސިފައިންގެ އަހަރީ ދުވަސްރައީސް ޑރ. މުހައްމަދު މުއިއްޒުއެމްއެންޑީއެފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

10 މިނެޓު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

39 މިނެޓު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

1 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

1 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

2 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

18 ގަޑިއިރު ކުރިން - 20:04