Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިންޑިއާ އެއްބަސްވުމުގައިވާ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ މާއްދާތައް ދަނީ އިޞްލާޙް ކުރަމުން

އިންޑިއާ އެއްބަސްވުމުގައިވާ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ މާއްދާތައް ދަނީ އިޞްލާޙް ކުރަމުން

އުސްތާޛް މުޙައްމަދު ޢަލީ
435 ދުވަސް ކުރިން - 6 މެއި 2025 11:36
މިނިސްޓަރު ޣައްސާން: ކުރިން ހަދާފައިވާ އެއްބަސްވުންތައް ބަދަލުކުރަމުންދަނީ ސިޔާދަތަށް ގެއްލުން ނުވާ ގޮތަށް.
މިނިސްޓަރު ޣައްސާން: ކުރިން ހަދާފައިވާ އެއްބަސްވުންތައް ބަދަލުކުރަމުންދަނީ ސިޔާދަތަށް ގެއްލުން ނުވާ ގޮތަށް.
ޚުލާސާ

އުތުރު ތިލަފަޅުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމާ ގުޅޭ އެއްބަސްވުމާއި މިނޫންވެސް އެއްބަސްވބަސްވުންތަކުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރަމުންފާއިރު، ކުރިން އޮތް ބިރުވެރި ކަންބޮޑުވުންތައް މިހާރަކު ނެތް.

އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އަސަރުކުރާފަދަ މާއްދާތައް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވިގޮތުގައި، އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީގެ ދަށުން އޮތީ ހަތަރު އެއްބަސްވުމެކެވެ. އޭގެ ތެރޭގައި އުތުރު ތިލަފަޅުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމާ ގުޅޭ އެއްބަސްވުން ހިމެނެއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ދޭދޭ ޤައުމުތަކުގެ މެދުގައި ހަދާ ސަލާމަތީ ކަންކަމާއި ގުޅުން އޮންނަ އެއްބަސްވުންތަކަކީ ދުނިޔޭގެ އެއްވެސް ޤައުމަކުން ހާމަނުކުރާ އިންޓެލިޖެންސް މުހިންމު މަޢުލޫމާތު ހިމެނޭ އެއްބަސްވުންތައް ކަމަށް ވާތީ، މިނިސްޓަރު ޣައްސާން ވެސް އެ އެއްބަސްވުންތަކާބެހޭ ސަލާމަތީ ކަންތަކާގުޅޭ މަޢުލޫމާތެއް ހާމައެއް ނުކުރައްވައެވެ. ވިދާޅުވީ، އެއީ "ކޮންފިޑެންޝަލިޓީ ކްލޯޒް" ގެ ސަބަބުން ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެދިއްޖެނަމަ، އެއްބަސްވުންތައް ހާމަކުރެއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް މިދާކަށް ދުވަހު ވިދާޅުވެފައި ވަނީ، ހައިޑްރޯގްރެފިކް އެއްބަސްވުން ފިޔަވައި އެހެން އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވުންތައް މި ސަރުކާރު އައުމަށްފަހު ހައްލުކުރެވިފައިވާ ކަމަށެވެ. އަދި އެއްބަސްވުންތަކުގެ މާއްދާތައް ހާމަކުރުމަށް ދެ ގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެ މަޢުލޫމާތު މީޑިއާއާ ހިއްސާކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

(ކުރީގެ މިނިސްޓަރު) ގައްސާން މައުމޫންރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

39 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

40 ދުވަސް ކުރިން - 12:12