ރެކޯޑް ޢަދަދެއްގެ ޓީމުތަކާއެކު ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް ފަށަނީ

ހުސައިން އިސްމާއިލް | 162 ދުވަސް ކުރިން - 21 އޭޕްރިލް 2025 01:52
ނިމިދިޔަ އަހަރުގެ ޗެންޕިއަންކަން ހޯދި ޕާކް ސްޕޯޓްސް ކްލަބު މުބާރާތުގެ ތައްޓާއެކު.
ނިމިދިޔަ އަހަރުގެ ޗެންޕިއަންކަން ހޯދި ޕާކް ސްޕޯޓްސް ކްލަބު މުބާރާތުގެ ތައްޓާއެކު.
ޚުލާސާ

މިފަހަރު މުބާރާތުގައި ޖުމްލަ 32 ޓީމު ބައިވެރިވާނެ. މުބާރާތް އޮންނާނީ އަންނަ މަހު 2 އިން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް.

ރާއްޖޭގެ ޒުވާނުންގެ މެދުގައި ބާއްވާ 23 އަހަރުން ދަށުގެ އެންމެ ބޮޑު އަދި ފޯރިގަދަ ފުޓްސެލް ޗެލެންޖް ރެކޯޑު ޢަދަދެއްގެ ޓީމުތަކާއެކު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމަޔަށް ކުޅޭ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަ ޓީމުތައް ހިމެނޭއިރު، މި މުބާރާތް ކުރިޔަށް ދާނީ ހުޅުމާލެ ފޭސް ދޭޢްގެ ދެ ދަނޑުގައެވެ. އަދި ކުއާޓަރ ފައިނަލުން ފެށިގެން މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ފޭސް 1 ގެ ރެހެންދި ދަނޑުގައެވެ.

ޗެމްޕިއަން ޓީމަށް 30،000 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ މި މުބާރާތުގެ ގުރު ނެގުން އޮންނާނީ މާދަމާ ރޭގައެވެ.

އުފެދެމުން އަންނަ ކުޅުންތެރިންނަށް ފުޓްސެލް އިން ފުރުސަތު ދިނުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޕާކް ސްޕޯޓްސް ކުލަބެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 20 ޓީމު ބައިވެރިވެފައިވާއިރު މިއަހަރުގެ މުބާރާތުގައި 32 ޓީމު ބައިވެރިވުމަކީ ވާދަވެރިކަން އުފެދި މުބާރާތް އިތުރަށް ފޯރިގަދަވާނެ ސަބަބެއް ކަމުގައި ބެލެވެއެވެ.

މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ އިލާލާއެވެ. އަދި މީޑިއާ ޕާޓްނަރަކީ ޚުލާސާ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%