Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާގެ ޓެރިފް ސިޔާސަތުން ރާއްޖޭގެ މަސްވެރިކަމަށް އަސަރެއް ނުކުރާނެ: އިޤްތިޞާދީ ވަޒީރު

އެމެރިކާގެ ޓެރިފް ސިޔާސަތުން ރާއްޖޭގެ މަސްވެރިކަމަށް އަސަރެއް ނުކުރާނެ: އިޤްތިޞާދީ ވަޒީރު

އާނާ ފަހީމް
501 ދުވަސް ކުރިން - 21 އޭޕްރިލް 2025 19:57
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެމެރިކާގެ ޓެރިފް ސިޔާސަތުން ރާއްޖޭގެ މަސް އެކްސްޕޯޓަށް އަސަރެއް ނުކުރިނަމަވެސް، ދުނިޔޭގެ އިޤްތިޞާދީ ފިޔަވަޅުތަކުން ބައިނަލްއަޤުވާމީ ބާޒާރުގެ އަގުތައް އުފުލިދާނެކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވެއްޖެ.

އެމެރިކާގެ ޓެރިފް ސިޔާސަތުގެ ސަބަބުން ރާއްޖެއިން އެޤައުމަށް އެކްސްޕޯޓުކުރާ މަހުގެ އުފެއްދުންތަކަށް އަސަރު ނުކުރާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ ގޮތުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު، ރާއްޖެއަށް އަސަރެއްކުރާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޓެރިފް އެހެން ޤައުމުތަކާ އަޅާބަލާއިރު ކުޑަކަމަށެވެ.

ނަމަވެސް، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުން އަޅާ މިފަދަ ފދަ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފެއްދުންތައް ލިބެން ހުންނަ މިންވަރަށް އަސަރުކުރާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ގާތްކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

އިޤްތިޞާދަށް އަންނަ އަސަރުތައް ކުޑަކުރުމަށް، ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޗައިނާއާއި އެކުވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓާއި ތުރުކީއާއި އެކުވެފައިވާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރީމަންޓް އެކުލަވާލުމަކީވެސް އެފަދައިން އެޅި މުހިއްމު ފިޔަވަޅެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިވަގުތު ދުނިޔޭގެ ޙާލަތަށް އަންނަމުންދާ ބަދަލާއެކުވެސް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިނުވާ ކަމަށެވެ. މިކަން ހާމަވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަހުގެ ތަފާސްހިސާބުތަކުންނެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްމިނިސްޓަރު މުހައްމަދު ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

23 ދުވަސް ކުރިން - 10:15

އަގުމަގު އެޕް: ބާޒާރުގެ އަގުތައް ފަސޭހަކަމާއެކު މިހާރު ބަލާލެވޭނެ

އަގުމަގު އެޕް: ބާޒާރުގެ އަގުތައް ފަސޭހަކަމާއެކު މިހާރު ބަލާލެވޭނެ

29 ދުވަސް ކުރިން - 17:43

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: މިނިސްޓަރ ސައީދު

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: ސައީދު

32 ދުވަސް ކުރިން - 13:54

މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

44 ދުވަސް ކުރިން - 23:42

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: ސައީދު

53 ދުވަސް ކުރިން - 21:20

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

57 ދުވަސް ކުރިން - 16:25