ޤައުމީ މަސްލަޙަތު ހިފެހެއްޓުމުގެ އެންމެ މަތިވެރި ޒިންމާ އުފުލާނީ ސިފައިން: ރައީސް

އުސްތާޛް މުޙައްމަދު ޢަލީ | 224 ދުވަސް ކުރިން - 21 އޭޕްރިލް 2025 10:24
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ވިދާޅުވެ ސިފައިންގެ ޖިހާދުގެ އަގުހުރި ޤުރުބާނީ ފާހަގަކުރައްވާފަ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ވިދާޅުވެ ސިފައިންގެ ޖިހާދުގެ އަގުހުރި ޤުރުބާނީ ފާހަގަކުރައްވާފަ.
ޚުލާސާ

ޤައުމު މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ޤުރުބާނީގެ ސަބަބުން.

ޤައުމުގެ މަސްލަޙަތު ހިފެހެއްޓުމުގެ އެންމެ މަތިވެރި ޒިންމާ އުފުލާނީ ދިވެހި ސިފައިންކަމަށް ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ޙާލަތްތައް ބަދަލުވަމުންދާއިރު، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ޤައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ޤައުމު މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ޤުރުބާނީގެ ސަބަބުންނެވެ.

ސިފައިން އަބަދުވެސް އިސްކުރަނީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ކަމަށާއި ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިން ކަމުގައި ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް" ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބު ނިންމާލެއްވީ، ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުކަމަށް ވިދާޅުވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%