ރިޔާސީ އިންތިޚާބު އެއް ބުރުން ނިންމާލުމަށް ކުރީގެ ރައީސް ނަޝީދު ތާއީދުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 11 ދުވަސް ކުރިން - 20 އޭޕްރިލް 2025 14:55
ކުރީގެ ރައީސް މުޙައްމަދު ނަޝީދު/ ފޮޓޯ: ދައުރު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު/ ފޮޓޯ: ދައުރު
ޚުލާސާ

ޕްރިފަރެންޝަލް ވޯޓިންގ އުސޫލުން އެއް ބުރުން ވޯޓުލައި ނިންމާ ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި.

ރިޔާސީ އިންތިޚާބުގެ ދެ ބުރެއް ނުބާއްވައި އެއް ބުރުން ނިންމާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ. ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ދެވަނަ ބުރެއް ނުބާއްވައި ރިޔާސީ އިންތިހާބު އެއް ބުރުން ނިންމާލެވޭ ގޮތް ހެދުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން އެކަމަށް ތާއީދުކުރައްވަމުންނެވެ.

ނަޝީދު ވިދާޅުވީ އެއް ބުރުން ވޯޓުލައި ނިންމާ ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ބަދަލު ގެނައުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން މިހާރުވެސް ދިރާސާތައް ކުރަމުންދާ ކަމަށެވެ. އަދި މިއީ ބައެއް ޤައުމުތަކުގައި މިހާރުވެސް ޢަމަލުކުރަމުންދާ ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ނިޒާމުގެ ދަށުން، ޕްރިފަރެންޝަލް ވޯޓިންގ އުސޫލުން އެއް ބުރުން އިންތިޚާބު ނިންމާލެވޭނެއެވެ. މިކަން ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެދުވެރިކޮށް ޤާނޫނީ ބަދަލުތައް ގެނައުމަށް ގަސްދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަދަލާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމަށްވެސް ރައީސް ވިސްނާވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ގޮތަށް އެކަން ކުރެވޭ ނަމަ، ހަރަދު ވެސް ކުޑަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%