ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ އަތުލައިގަނެފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މއެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ އަތުލައިގަނެފައިވާ ކަމަށެވެ.
ވަގަށް އެތެރެ ކުރަނިކޮށް އަތުލައިގަތީ 130،155 ސިނގިރޭޓް ސްޓިކް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓުތަކެއް މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ވަނީ އަތުލައިގަނެފަ އެވެ. އެ އެއްޗެހި އަތުލައިގަތީ ޑަސްބިން ކޮތަޅުތަކެއް އެއާޕޯޓުން ބޭރުކުރަން އުޅެނިކޮށެވެ. އެ މައްސަލާގައި ދެ މީހަކު ހައްޔަރުކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އެއީ ފުލުހަކާއި ކުރިން ފުލަހަކަށް އުޅުނު މީހެކެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެނައި އިސްލާހާ އެކު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަކީ މަނާ ކަމެކެވެ. އަދި އަމިއްލައަށް ދުންފަތް އުފައްދަން ބޭނުންކުރާ ތަކެތި އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.









