Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަ އޮނަރަރީ ޑޮކްޓަރޭޓްކަން

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަ އޮނަރަރީ ޑޮކްޓަރޭޓްކަން

އުސްތާޛް މުޙައްމަދު ޢަލީ
417 ދުވަސް ކުރިން - 19 އޭޕްރިލް 2025 23:59
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުން މ. ތޮއިބާ ޝައިޚު އިސްމާޢީލް މުޙައްމަދަށް މިރޭ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފް އަރުވަނީ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުން މ. ތޮއިބާ ޝައިޚު އިސްމާޢީލް މުޙައްމަދަށް މިރޭ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފް އަރުވަނީ.
ޚުލާސާ

މިހާރު އުމުރުފުޅުން 90 އަހަރުގެ ޝައިޚު އިސްމާޢީލަށް މި ޝަރަފު އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު.

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު މ. ތޮއިބާ ޝައިޚު އިސްމާޢީލް މުޙައްމަދަށް މިރޭ އަރުވައިފިއެވެ. މިހާރު އުމުރުފުޅުން 90 އަހަރުގެ ޝައިޚު އިސްމާޢީލަށް މި ޝަރަފު އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއީ ރާއްޖޭގައި ހިންގާ ޔުނިވަރސިޓީއަކުން މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.

ޝައިޚު އިސްމާޢީލް އަކީ މަދީނާ ޔުނިވަރސިޓީން ޑިގްރީ ހާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. އެއީ 1970 އިގެ އަހަރުތަކުގައެވެ.

Advertisement

Advertisement 1

އިސްލާމީ ތަޢުލީމު އުނގަންނައިދިނުމުގައި ބައިގަރުނަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވި ޝޭޚަކީ މާލޭގައި ތޮއިބާ ސްކޫލް އުފެއްދެވުމުގެ އިތުރުން ޕާކިސްތާނުގެ ޔުނިވަރސިޓީތަކުން 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ފުރުސަތު ހޯއްދަވައިދެއްވި ބޭކަލެކެވެ.

ޝައިޚު އިސްމާޢީލްގެ އެހީތެރިކަމާއެކު ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ޑރ. ޢަލީ ޒާހިރު އަދި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ފަދަ މަޝްހޫރު ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އެހެން ޚިދުމަތްތަކަށް ބަލާއިރު ދީނީ ރޮނގުން 40 ފޮތް ނެރުއްވާފައި ވެއެވެ. އަދި ހުޅުމާލޭގައި އަމިއްލަ ޚަރަދުގައި މިސްކިތެއް ވެސް އިމާރާތްކުރަން ފައްޓަވާފައިވެއެވެ.

ޝައިޚު އިސްމާޢީލް ވަނީ މީގެކުރިން ގޮންޖެހުންތަކާ ކުރިމަތިލައްވައި، ގޭބަންދުގައި ވެސް ދުވަސްތަކެއް ހޭދަކުރައްވާފައިކަން ފާހަގަ ކުރެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އޮނަރަރީ ޑޮކްޓަރޭޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

34 މިނެޓު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

1 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31