Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކެނދިކުޅުދޫގެ ޖޫނިއާ ކޮލެޖުގެ ބިންގާ އަޅައިފި

ކެނދިކުޅުދޫގެ ޖޫނިއާ ކޮލެޖުގެ ބިންގާ އަޅައިފި

އަހްމަދު އީޒާން
413 ދުވަސް ކުރިން - 19 އޭޕްރިލް 2025 10:07
ނ. ކެނދިކުޅުދޫގެ ޖޫނިއާ ކޮލެޖްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު / ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ
ނ. ކެނދިކުޅުދޫގެ ޖޫނިއާ ކޮލެޖްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު / ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ
ޚުލާސާ

ކެނދިކުޅުދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު.

ސަރުކާރުން ނ. ކެނދިކުޅުދޫގައި އަޅާ ޖޫނިއާ ކޮލެޖްގެ ބިންގާ އިއްޔެ އަޅައިފި އެވެ.

ކެނދިކުޅުދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ޖުމްލަ 86،000 އަކަފޫޓްގެ ބިމެއްގައި މި ޖޫނިއާ ކޮލެޖު އިމާރާތްކުރަނީ ބިލްޑް-ފައިނޭންސް-އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުގެ ދަށުން ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއިންނެވެ.

Advertisement

Advertisement 1

ވިލާއާ މި މަސައްކަތް ހަވާލުކުރީ 2022 ވަނަ އަހަރު ނަމަވެސް، އަމަލީ މަސައްކަތް މި ފެށުނީ އަދި އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ދެ ރަށެއްގައި ޖޫނިއާ ކޮލެޖު އަޅަން ނިންމައިފަ އެވެ. އެއީ ކެނދިކުޅުދޫގެ އިތުރުން ހއ. ދިއްދޫގަ އެވެ.

ޖޫނިއާ ކޮލެޖު ފަރުމާކުރަނީ އުމުރުން 16-21 އަހަރާ ދެމެދުގެ ކުދިންނަށް ދެ އަހަރުގެ ތެރޭގައި ތައުލީމާއި ތަމްރީނުގެ ކޯސްތައް ފުރިހަމަކުރެވޭ ގޮތަށެވެ. ޖޫނިއާ ކޮލެޖުގެ ސަބަބުން އެ އަތޮޅު ހިމެނޭ ސަރަހައްދުގެ ސިނާއީ މަސައްކަތްތަކަށް އަމާޒުކޮށްގެން ވަޒީފާގެ ބާޒާރަށް އަދި އިތުރަށް މަތީ ތައުލީމުގެ އުނގެނުމަށް މަގުފަހިވާނެ އެވެ. 

ކެނދިކުޅުދޫ ޖޫނިއާ ކޮލެޖް ހާއްސަކޮށްފައި ވަނީ މަތީ ފަންތީގެ ޓޫރިޒަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އަދި ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް އެތަނުގައި ހިންގާނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

52 ދުވަސް ކުރިން - 19:47

ހެޔޮ ބަދަލުތަކަކާއެކު ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި؛ މިހާރު ސުންގަޑިއެއް ނޯންނާނެ!

ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

65 ދުވަސް ކުރިން - 18:40

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީނަށް، 250 ސްކޮލާޝިޕް

66 ދުވަސް ކުރިން - 19:43

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް ބަދަލުކޮށްފި

67 ދުވަސް ކުރިން - 09:42

ހައި އެޗީވާސް ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ނިންމައިފި

ސްކޮލަޝިޕުގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސެއް

67 ދުވަސް ކުރިން - 22:29

ބޭނުން ކޮންމެ ދުވަހަކު ސްޓޫޑެންޓް ލޯނަށް އެދެވޭ ގޮތަށް ސަރުކާރުން ބަދަލު ގެނެސްފި

ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ޑެޑްލައިނެއް ނޯންނާނެ

93 ދުވަސް ކުރިން - 13:00

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%