Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ފައިޞަލް އައްޔަންކުރަން ނިންމައިފި

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ފައިޞަލް އައްޔަންކުރަން ނިންމައިފި

ހުސައިން އިސްމާއިލް
419 ދުވަސް ކުރިން - 18 އޭޕްރިލް 2025 13:18
ފަނޑިޔާރު ފައިސަލް ވަގުތީގޮތުން ހައިކޯޓާއި ހަވާލުވީ މިއަހަރުގެ މާރިޗު 19 ވަނަ ދުވަހު.
ފަނޑިޔާރު ފައިސަލް ވަގުތީގޮތުން ހައިކޯޓާއި ހަވާލުވީ މިއަހަރުގެ މާރިޗު 19 ވަނަ ދުވަހު.
ޚުލާސާ

މި މަޤާމު ހުސްވެފައިވަނީ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެން.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މި މަޤާމު ހުސްވެފައިވަނީ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. އެއަށްފަހު ފަނޑިޔާރު ފައިޞަލް ވަނީ މި މަޤާމު ވަގުތީގޮތުން ފުރުއްވަމްވަމުން ގެންދަވާފައެވެ.

އަލްއުސްތާޛު މުޙައްމަދު ފައިޞަލްއަކީ ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީޢަތާއި ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2012 އިން ފެށިގެން ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާއިރު 2014 ގައި ޖޭއެސްސީގެ މެންބަރުކަމާއި ނައިބު ރައީސްކަން ކުރައްވާފައިވެއެވެ.

Advertisement

Advertisement 1

މީގެއިތުރުން 2018 ގެ ޖުލައި 24 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރެވުނެވެ.

ވަގުތީގޮތުން އޭނާ ހައިކޯޓާއި ހަވާލުވީ މިއަހަރުގެ މާރިޗު 19 ގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓެވެ. އަދި ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި ފުރަތަމަ މަރުޙަލާގެ ކޯޓުގެ ގޮތުގައި ހައިކޯޓު ކަނޑައަޅާފައިވާ މައްސަލަތައްވެސް ބަލާ ކޯޓެކެވެ.

ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއެކު 11 ފަނޑިޔާރުންގެ މައްޗަށެވެ.

ހައިކޯޓުހައި ކޯޓުޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް މޫސާ އައްޔަން ކުރައްވައިފި

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް އައްޔަން ކުރައްވައިފި

51 ދުވަސް ކުރިން - 22:36

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލަނީ

ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ގާނޫނު އިސްލާހުކުރަނީ!

51 ދުވަސް ކުރިން - 21:00

ހައިކޯޓަށް އިސް ފަނޑިޔާރެއް، ފެމިލީ ކޯޓަށް އިސް ގާޒީއެއް ހޯދަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

76 ދުވަސް ކުރިން - 20:04

ރިފަރެންޑަމް ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް!

ރިފަރެންޑަމް ހުއްޓުވުމުގެ މައްސަލަ ކޯޓުން ބަލައި ނުގަތް!

77 ދުވަސް ކުރިން - 21:20

109 އަހަރުގެ ޖަލު ހުކުމް ޝިފާއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ޝިފާއުއަށް ކުރި 109އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި

98 ދުވަސް ކުރިން - 16:05

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

101 ދުވަސް ކުރިން - 15:49