ފުވައްމުލަކުގައި ކަރަންޓް ޖެހިގެން ޒުވާނަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮންސްޓްރަކްޝަން ސައިޓެއްގައި ކަރަންޓް ޖެހިގެން ނިޔާވީ ރ. އަލިފުށި އަބަދަށްހިޔާ އުމުރުން 27 އަހަރުގެ ޢަބްދުﷲ ރިޝްދާން އެވެ.

ފުލުހުން ދަނީ މި ހާދިސާ ތަޙްޤީޤް ކުރަމުންނެވެ.