ތުރުކީގެ ކައިސެރީގައި ހިނގި ހާދިސާއަކުން ތުރުކީގެ ރައްޔިތުންމަށް ސިހުން ގެނެސްދިނީ ޓީވީގައި ފޮނުވި ޕްރޮގްރާމަކުން ދެއްކި ވާހަކަތަކުންނެވެ. އެންގޭޖްމަންޓް ސެލެބްރޭޓް ކުރަން އޮތް ދުވަހު، އަންހެންކުއްޖެއްގެ މަންމަ އޭނާގެ ލޯބިވެރިޔާގެ ދަރިޔަކަށް ބަލިވެ އިން ވާހަކައެވެ.
47 އަހަރުގެ އަންހެނަކު އޭނާގެ އަންހެން ދަރިފުޅުގެ ލޯބިވެރިޔާއާއެކު ގުޅުން ހިންގިއިރު މި އަންހެންމީހާގެ ފިރިކަލުން (އަންހެން ކުއްޖާގެ ބައްޕަ) ވަނީ އޭނާގެ އަނބިމީހާ އާއި ދަރިފުޅުގެ ފިރިމީހާ ފިލައިގެން ދިޔަކަން ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި، މި ދެމީހުންގެ މެދުގައި ދިގު މުއްދަތެއްގައި ހިނގަން ނުޖެހޭ ކަހަލަ ގުޅުމެއް ހިނގަމުންދާކަން އެނގިފައިވާ ކަމަށެވެ. އެ ދެމީހުންގެ ފޮޓޯތަކެއްވެސް ސޯޝަލްމީޑިއާގައި ދައުރުވެފައި ވެއެވެ.
މި އަންހެން ކުއްޖާގެ ލޯބިވެރިޔާ، އޭނާގެ މަންމައާއި ގުޅުން ހިންގިކަން ފަޅާއެރީ އަންހެން ކޮއްކޮއަށެވެ. އޭނާއަށް ލޯބިވެރިޔާއާއި މަންމަގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ވެސް ލިބިފައި ވެއެވެ. 16 އަހަރުގެ އަންހެން ކުއްޖާ އަށް ވެސް މި ކަންތައްތައް ފެނިފައިވެއެވެ.
ފުލުހުން މިހާރު ވަނީ އެ އަންހެންމީހާ ހައްޔަރުކޮށްފައެވެ.