Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާއަށް މިއަދު އިރު އެރީ 35 މީހުން ޝަހީދުވެގެން! ހަމަލާތައް ވަރަށް ވަރުގަދަ

ޣައްޒާއަށް މިއަދު އިރު އެރީ 35 މީހުން ޝަހީދުވެގެން! ހަމަލާތައް ވަރަށް ވަރުގަދަ

ޖަވާދު
501 ދުވަސް ކުރިން - 17 އޭޕްރިލް 2025 10:03
ޣައްޒާގެ ކުޑަކުއްޖެއް ކާނާ ނުލިބި އަނަރޫފަ ވެފައި. ޣައްޒާއަށް އެހީ ވެއްދުން ވަނީ ހުއްޓުވާލަފަ.
ޣައްޒާގެ ކުޑަކުއްޖެއް ކާނާ ނުލިބި އަނަރޫފަ ވެފައި. ޣައްޒާއަށް އެހީ ވެއްދުން ވަނީ ހުއްޓުވާލަފަ.
ޚުލާސާ

ރޭ ފަތިހުން ފެށިގެން އިސްރާއީލުގެ ހަމަލާތައް ވަނީ އިތުރަށް ގަދަވެފަ. ޣައްޒާގެ މީޑިއާ އޮފީހުން ވަނީ ހަނގުރާމަ ފެށުނުފަހުން ޝަހީދުވި މީހުންގެ އަދަދު 61،700 އަށް އަޕްޑޭޓްކޮށްފަ.

އިސްރާއީލުގެ އަނިޔާވެރި ހަމަލާތައް ޣައްޒާގައި އިތުރުވަމުންދާ ވަގުތު، އެންމެ އެންމެ ފަހުގެ ހަމަލާތަކުގައި މަދުވެގެން 35 ފަލަސްތީނުން ރައްޔިތުން ޝަހީދުވެއްޖެ ކަމަށް މެޑިކަލް މަސްދަރުތަކުން އަލްޖަޒީރާއަށް މަޢުލޫމާތު ދީފައެވެ.

އދ. އިން ބުނާ ގޮތުގައި މާރިޗު 18 ގައި އިސްރާއީލުން ހަމާސްއާއެކު ވެފައިވާ ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން ނިމުމަކަށް ގެނައުމަށްފަހު، ގާތްގަނޑަކަށް 500،000 މީހުން ވަނީ އަލަށް ގޭދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

ރޭ ފަތިހުން ފެށިގެން އިސްރާއީލުގެ ހަމަލާތައް ވަނީ އިތުރަށް ގަދަވެފައެވެ. އެމެރިކާއިން ދީފައިވާ އިސްރާއީލުގެ ބޯޓުތަކުން ޣައްޒާ ސިޓީގެ ހުޅަނގަށް ވަނީ ހަމަލާދީފައެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައިވާ އިރު، ދެކުނުގައި އިސްރާއީލުގެ އާޓިލަރީ ހަމަލާތައް ވަނީ ރަފާހުގެ އުތުރު ސަރަހައްދުތަކަށާއި ޚާން ޔޫނިސްގެ ސަރަހައްދުތަކަށް އަމާޒުކޮށްފައެވެ.

Advertisement

Advertisement 1

ޒައެނިސްޓް އިސްރާއީލުން ޣައްޒާ ކައިރިން ކަނޑުމަގުން ހަމަލާދިނުމަށް ދަތުރުކުރަމުންދާ ހަނގުރާމަމަތީ މަނަވަރެއް.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވީ އެ ގައުމުގެ "ސިޔާސަތު ސާފު" ކަމަށާއި، ޣައްޒާއަށް އެއްވެސް އިންސާނީ އެހީއެއް ނުވައްދާނެ ކަމަށެވެ. އެއީ ހަމާސްއާއި ދެކޮޅަށް ބޭނުންކުރާ "ހަތިޔާރެއް" ކަމަށް ވެސް ޒައެނިސްޓް ކަޓްޒް ވިދާޅުވިއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މިހާތަނަށް އިސްރާއީލުގެ ހަނގުރާމައިގައި މަދުވެގެން 51،025 މީހުންގެ ޝަހީދުވެފައިވާ ހަށިތައް ފެނިފައިވާ ކަމަށާއި، 116،432 މީހުން ޒަޚަމްވެފައިވެއެވެ. ނަމަވެސް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ޝަހީދުވި މީހުންގެ އަދަދު 61،700 އަށް އަޕްޑޭޓްކޮށްފައެވެ. ޢިމާރާތްތަކުގެ ދަށުގައި އެތައް ދުވަހެއް ވަންދެން ތިބެ ކުނިވެފައިވާ އެތައް ހާސް ބަޔަކު ތިބުމާއި ގުޅިގެން ކަށަވަރުކޮށްފައިވާ ޢަދަދެވެ. އަދި މިޔަށްވުރެވެސް މި ޢަދަދު ވިޔަސް ވާނީ އިތުރެވެ.

ޣައްޒާއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

18 ދުވަސް ކުރިން - 14:25