Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

700 އަށް ވުރެ ގިނަ ޓީޗަރުންނާއެކު ސިލަބަސް އޮރިއެންޓޭޝަން ތަމްރީން ޕްރޮގްރާމް ފަށައިފި

700 އަށް ވުރެ ގިނަ ޓީޗަރުންނާއެކު ސިލަބަސް އޮރިއެންޓޭޝަން ތަމްރީން ޕްރޮގްރާމް ފަށައިފި

އަހްމަދު އީޒާން
457 ދުވަސް ކުރިން - 15 އޭޕްރިލް 2025 23:19
ސިލަބަސް އޮރިއެންޓޭޝަން ތަމްރީން ޕްރޮގްރާމްގައި ބައެއް ޓީޗަރުން ބައިވެރިވަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ސިލަބަސް އޮރިއެންޓޭޝަން ތަމްރީން ޕްރޮގްރާމްގައި ބައެއް ޓީޗަރުން ބައިވެރިވަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޚުލާސާ

މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޓީޗަރުންނަށް ފިލާވަޅުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް.

ރާއްޖޭގެ އެކި ސްކޫލްތަކުން 700 އަށް ވުރެ ގިނަ ޓީޗަރުންނާއެކު ސިލަބަސް އޮރިއެންޓޭޝަން ތަމްރީން ޕްރޮގްރާމް އިއްޔެ ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުތަކުގެ ގްރޭޑް 4 އަދި 5 ގެ ޓީޗަރުންނަށް އަމާޒުކޮށްގެން ސިލަބަސް އޮރިއެންޓޭޝަން ތަމްރީން ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އިއްޔެ ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޓީޗަރުންނަށް ފިލާވަޅުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

މިނިސްޓްރީން ބުނި ގޮތުގައި, މި ޕްރޮގްރާމްގައި އިސްލާމް، ސައިންސް، ކްރިއޭޓިވް އާޓްސް، ސޯޝަލް ސްޓަޑީސް، މެތަމެޓިކްސް، ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން އަދި އިނގިރޭސި މާއްދާތަކުގެ ސިލަބަސްއާ ގުޅޭ މުހިންމު މައުލޫމާތުތައް ޓީޗަރުންނާ ހިއްސާކުރެވޭނެ އެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެދަންފަޅިއަކަށް ބަހާލައިގެން، އޮންލައިން ސެޝަންތަކެއްގެ ގޮތުގައި ކަމަށާއި މި ސެޝަންތަކުގައި 215 ސްކޫލަކުން 700 އަށް ވުރެ ގިނަ މުދައްރިސުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ސަބަބުން މުދައްރިސުންނަށް އައު ސިލަބަސްއާ ގުޅޭ މުހިންމު މައުލޫމާތު ލިބި، ކިޔަވައިދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ފިލާވަޅުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
Ad
Ad

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

93 ދުވަސް ކުރިން - 19:47

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

112 ދުވަސް ކުރިން - 20:09

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

140 ދުވަސް ކުރިން - 13:49

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

151 ދުވަސް ކުރިން - 10:17

އިސްލާމް ދީން އުގެނުން އޮތީ އެންމެ ބަހަކުން އެކަނިތަ؟

އިސްލާމްދީން އުގެނުން އޮތީ އެންމެ ބަހަކުން އެކަނިތަ؟

156 ދުވަސް ކުރިން - 09:05

ރާއްޖޭގެ 29 ސްކޫލެއްގައި އާ އިމާރަތް އެޅުމަށް ހަވާލުކޮށްފި

ރާއްޖޭގެ 29،ސްކޫލެއްގައި އާ އިމާރަތްތައް އެޅުމަށް ހަވާލުކޮށްފި

162 ދުވަސް ކުރިން - 15:00

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%