ރާއްޖެ ޒިޔާރަތްކުރި ޓިކްޓޮކްގެ އިސް ވެރިންނާއިއެކު އިކޮނޮމިކް މިނިސްޓްރީން ބައްދަލުކޮށް، ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގު މަގުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓެސްޓޯގައި ވެވަޑައިގެންފައިވާ މުހިންމު ވަޢުދެއް ކަމަށްވާ ކުރިއަރަމުން އަންނަ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމުގެ މަޤްޞަދުގައެވެ.
ޓިކްޓޮކަކީ ރާއްޖޭގައިވެސް ގިނަ ބައެއްގެ މެދުގައި މަޤްބޫލު އެޕްލިކޭޝަނެކެވެ. މިހާރުވެސް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުޞަތުތަކެއް ވަނީ ހުޅުވިފައެވެ. މީގެ ތެރޭގައި "ކްރިއޭޓަރ ފަންޑް" އަދި ލައިވް ސްޓްރީމިންގ މެދުވެރިކޮށް އާމްދަނީ ހޯދުން ހިމެނެއެވެ. ނަމަވެސް މި ފުރުޞަތުތައް ލިބެނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ.









