Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިއްޖެ

ޖަވާދު
503 ދުވަސް ކުރިން - 14 އޭޕްރިލް 2025 21:50
ޔަހޫދީ ޒައެނިސްޓުން ސުންނާފަތިކޮށްލާފައިވާ ޣައްޒާގައި ދރިއުޅެމުންދާ މުސްލިމުން ޓެންޓުތަކުގައި މަރުގެ ތުންފަތްމަތީގައި: ހަނގުރާމަ ހުއްޓާލާކަށް އިސްރާއީލުން ބޭނުމެއް ނުވޭ.
ޔަހޫދީ ޒައެނިސްޓުން ސުންނާފަތިކޮށްލާފައިވާ ޣައްޒާގައި ދރިއުޅެމުންދާ މުސްލިމުން ޓެންޓުތަކުގައި މަރުގެ ތުންފަތްމަތީގައި: ހަނގުރާމަ ހުއްޓާލާކަށް އިސްރާއީލުން ބޭނުމެއް ނުވޭ.
ޚުލާސާ

ޙަމާސުން ބުނަނީ ހަނގުރާމައަށް ދާއިމީ ނިމުމެއް ނާންނަ ގޮތަކަށް އެއްބަސްވުމެއް ޤާއިމުކުރަން ބޭނުން ނުވާ ކަމަށް. ޔަހޫދީން ބުނަނީ ޙަމާސް ވުޖޫދުން ފޮހެނުލެވޭހާ ހިނދަކު ހަތިޔާރު ތިރިނުކުރާނެކަމަށް.

ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ކުރިން ވެފައިވާ އެއްބަސްވުން އަލުން އިޢާދަ ކުރުމަށް ބޭއްވުނު މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިއްޖެ ކަމަށް ފަލަސްޠީނާއި މިޞްރުގެ މަޞްދަރުތަކުން ބުނެފިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން ގެންދިޔަ ޙަމަލާތައް މެދުކެނޑުނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ވެވުނު އެއްބަސްވުމަކާއި ގުޅިގެންނެވެ. ނަމަވެސް، މާރިޗު މަހުގެ 18 ވަނަ ދުވަހު ޔަހޫދީން އަނެއްކާވެސް ޣައްޒާއަށް ޙަމަލާ ދޭން ފެށިއެވެ. މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް ނައިލައްކައަށްވުރެ ގިނަ މީހުން ޝަހީދު ވެއްޖެއެވެ. އެންމެ ފަހުގެ ޙަމަލާތަކުގައި ވެސް 1،500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

ޣައްޒާގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ގެދޮރު ގެއްލި، ކާބޯތަކެތި ލިބުން ހުއްޓިފައިވާތާ ދެމަސް ވަނީއެވެ. އެތައް ހާސް ރައްޔިތުންނެއް ދަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުން ބުނާ ގޮތުގައި މާރިޗު މަހުން ފެށިގެން ދެމުންދާ ޙަމަލާތައް ވަނީ ކުރިއަށްވުރެ މާ ގަދަފަދަ ވެފައެވެ.

Advertisement

Advertisement 1

ހުޅަނގުގެ ނުފޫޒު ހިނގާ މިޞްރާއި ޤަޠަރުގެ މެދުވެރިކަމާއެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކުގައި ޙަމާސުން ބުނެފައިވަނީ ހަނގުރާމައަށް ދާއިމީ ނިމުމެއް ނާންނަ ގޮތަކަށް އެއްބަސްވުމެއް ޤާއިމުކުރަން ބޭނުން ނުވާ ކަމަށެވެ. އަނެއްކޮޅުން ޔަހޫދީން ބުނަނީ ޙަމާސް ވުޖޫދުން ފޮހެނުލެވޭހާ ހިނދަކު ހަތިޔާރު ތިރި ނުކުރާނެ ކަމަށެވެ.

ނަމަވެސް، މަޝްވަރާތަކުގައި ބައިވެރިވި ޙަމާސްގެ ވަފުދުން ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރާނަމަ، ޔަހޫދީ އަސީރުން މިނިވަންކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިދާނެ ކަމަށް އިޝާރާތްކޮށްފައެވެ. މިޞްރުގެ މަޞްދަރުތަކުން ބުނާ ގޮތުގައި ޙަމާސުން މިނިވަންކުރާ އަސީރުންގެ އަދަދު އިތުރުކުރުމަށް އެއްބަސްވެދާނެއެވެ.

މި މައްސަލައިގައި ޤަޠަރާއި މިޞްރުގެ އިސްވެރިން ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީ ވިދާޅުވެފައިވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމަށް އެހެން ޤައުމުތަކުން ވެސް ގެރެންޓީ ދޭންޖެހޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރުމާ ގުޅޭގޮތުން ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. ނަމަވެސް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލުމަށް ހިތްވަރުދެމުން ގެންދާކަމީ މުޅި ދުނިޔެވެސް ދަންނަ ކަމެކެވެ.

ޣައްޒާއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

19 ދުވަސް ކުރިން - 14:25