ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަހްމަދު އީޒާން | 90 ދުވަސް ކުރިން - 14 އޭޕްރިލް 2025 21:29
ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މިނިސްޓްރީން ބުނީ މި ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެއް ކަމަށް.

ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް 50 ފުރުސަތަކަށް މިއަދު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިކަންކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށެވެ. ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ ޒަކާތު ހައުސް އުފައްދަވައި، ޒަކާތުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ފެށި މަސައްކަތުގެ ނަތީޖާ މިއަދު މި އަންނަނީ ފެންނަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިނިސްޓްރީން ބުނީ މި ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެއް ކަމަށެވެ.

މި 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް 30 ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލްކުރުމަށްދޭ ހާއްސަ ސްކޮލަޝިޕްގެ ފުރުސަތުތައް ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ފުރުސަތު ހުޅުވާލީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަކަށެވެ.

ރާއްޖޭގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތަކަކީ،

  1. ​މާސްޓާ އޮފް އާޓްސް އިން ގުރުއާނިކް ސައިންސެސް – 6 ފުރުސަތު
  2. ​މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު
  3. ​އެގްޒެކެޓިޒް މާސްޓާސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު (eMIF by INCEIF)
  4. ​މާސްޓާ އޮފް އާޓްސް އިން ޝަރީއާ – 3 ފުރުސަތު
  5. ​މާސްޓާ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު

ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލާފައި ވަނީ މެލޭޝިއާ އާއި ބުރުނާއީ އާއި ސައުދި އަރަބިއްޔާ އާއި މިސްރު އަދި ސާކްގެ ގައުމުތަކުންނެވެ.

މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލާފައި ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ އާއި ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ އާއި އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންނެވެ. އަދި ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ.

މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓާސްގެ 6 ފުރުސަތު އަދި ޕީއެޗްޑީގެ 9 ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

މެލޭޝިއާ އާއި ބުރުނާއީގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތަކަކީ،

  1. ބެޗެލާސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - 2 ފުރުސަތު
  2. މާސްޓާ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – 2 ފުރުސަތު
  3. ​މާސްޓާ އޮފް އެޑިއުކޭޝަން އިން ޓީޗިން އޮފް އިސްލާމިކް އެޑިއުކޭޝަން - 1 ފުރުސަތު
  4. ​މާސްޓާ އޮފް ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - 1 ފުރުސަތު
  5. ​މާސްޓާ އޮފް އިސްލާމިކް ސައިންސް - 1 ފުރުސަތު
  6. ​ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ޖުޑިޝަރީ – 1 ފުރުސަތު
  7. ​ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – 1 ފުރުސަތު
  8. ​ޑޮކްޓަރ އޮފް ފިލޯސޮފީ ދަޢުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – 1 ފުރުސަތު
  9. ​ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – 1 ފުރުސަތު
  10. ​ޑޮކްޓަރ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – 2 ފުރުސަތު
  11. ​ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – 2 ފުރުސަތު
  12. ​މާސްޓާސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު
  13. ​ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު

މީގެ އިތުރުން 13 ހާއްސަ ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތުތައް ހުޅުވާލާފައި ވަނީ ސާކްގެ ގައުމުތަކުންނާއި މިސްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާސިޓީ އާއި ސައުދި އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީ އާއި ގާސީމް ޔުނިވާސިޓީ އާއި އުއްމުލްޤުރާ ޔުނިވާސިޓީ އާއި އަބްހާ ޔުނިވާސިޓީ އަދި ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީން ކިޔެވުމަށެވެ.

މިނިސްޓްރީން ބުނީ ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުން އަންނަ މަރުކަޒުން ދޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ސުޕަ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީގެ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%