Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޝަންގްރިއްލާ އަލުން ހުޅުވަނީ! ސަރުކާރުން މަޝްވަރާ ވެސް ކޮށްފި

ޝަންގްރިއްލާ އަލުން ހުޅުވަނީ! ސަރުކާރުން މަޝްވަރާ ވެސް ކޮށްފި

އަހްމަދު އީޒާން
457 ދުވަސް ކުރިން - 14 އޭޕްރިލް 2025 14:27
ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން އެ ރިސޯޓުގެ މެނޭޖުމަންޓާއެކު ބޭއްވި ބައްދަލުވުން / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން އެ ރިސޯޓުގެ މެނޭޖުމަންޓާއެކު ބޭއްވި ބައްދަލުވުން / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޚުލާސާ

ޝަންގްރިއްލާގެ މެނޭޖްމެންޓާއެކު މިއަދު ކުރެވުނު މަޝްވަރާތަކަށްފަހު، ތަފްސީލީ ރޯޑްމެޕެއް އެކުލަވާލައި، ރިސޯޓް ހުޅުވުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މެނޭޖްމެންޓުން ވަނީ އެއްބަސްވެފަ.

އައްޑޫ އަތޮޅުގައި އޮންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މަރާމާތުކުރުމަށް ފަހު އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން އެ ރިސޯޓުގެ މެނޭޖުމަންޓާއެކު މިއަދު މަޝްވަރާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީ އާއި ޝަންގްރިއްލާގެ އިސް މެނޭޖުމަންޓާ އެކު މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެ ރިސޯޓު އަލުން ހުޅުވުމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ބައިވެރިވެވަޑައިގެންނެވި އެވެ. ޝަންގްރިއްލާގެ ފަރާތުން ޝަންގްރިއްލާ ގްރޫޕުގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފާ ފޮންގް އާއި ޝަންގްރިއްލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރު ނިލޯ އަދި ޑިރެކްޓާ އޮފް ގަވަމަންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

Advertisement 1

ޝަންގްރިއްލާގެ ފަސް ސީނިއާ އެގްޒެކެޓިވުން އޮންލައިންކޮށް ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ކްރިސްޓޮފާ ފޮންގް، އެ ރިސޯޓު ހިންގުމުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި، ރިސޯޓު އަލުން ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އަޕްޑޭޓެއް ދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ ފަރާތުން ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ފާހަގަކޮށް، އެކަމަށް މަގުފަހިކުރުމަށް ސަރުކާރަށް ދެވިދާނެ ލުއިތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

މިއަދު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން އެ ރިސޯޓް އަލުން ހުޅުވުމަށް ތަފްސީލީ ރޯޑްމެޕެއް އެކުލަވާލައި، ރިސޯޓް ހުޅުވުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެއްބަސްވެވަޑައިގަތް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގެ ދެކުނުގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށާއި ޝަންގްރިލާ ރިސޯޓް އަލުން ހުޅުވުމަކީ އައްޑޫގެ ޓޫރިޒަމާއި މުޅި ދެކުނުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއްކަން މަޝްވަރާގެ ބައިވެރިން ފާހަގަކުރި ކަމަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

74 ދުވަސް ކުރިން - 13:26

ކްރޫޒް އާއި ސުޕަޔޮޓްތައް އައިސްގެން ސަފާރީބޯޓުތަކަށް ގެއްލުންވާ ކަމަށް ބުނާ ވާހަކަ ދެކޮޅުނުޖެހޭ: އެމްސްކޯ ޖަލީލް

“ކްރޫޒްއާއި ސުޕަޔޮޓްތައް އައިސްގެން ސަފާރީތަކަށް ގެއްލުން ނުވާނެ”

74 ދުވަސް ކުރިން - 04:38

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

76 ދުވަސް ކުރިން - 14:30

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

92 ދުވަސް ކުރިން - 19:25

އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 6 ލައްކައަށް

111 ދުވަސް ކުރިން - 10:17

މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން

123 ދުވަސް ކުރިން - 17:30