Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހައުސިން މަޝްރޫޢު މިފެށުނީ! ޢަމަލީ މަސައްކަތް ފަހު ކުއާާޓަރުގައި

ހައުސިން މަޝްރޫޢު މިފެށުނީ! ޢަމަލީ މަސައްކަތް ފަހު ކުއާާޓަރުގައި

އަހްމަދު އީޒާން
423 ދުވަސް ކުރިން - 14 އޭޕްރިލް 2025 13:58
އެސްއެފްޑީގެ އެހީގައި ހިންގާ ހައުސިން މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު / ފޮޓޯ: ހައުސިން މިނިސްޓްރީ
އެސްއެފްޑީގެ އެހީގައި ހިންގާ ހައުސިން މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު / ފޮޓޯ: ހައުސިން މިނިސްޓްރީ
ޚުލާސާ

މިއީ 4000 ހައުސިންގ ޔުނިޓްގެ ޕްރޮޖެކްޓެއް. މިހާރު ކުރިއަށް ގެންދަނީ ކޮންސަލްޓަންސީ ފާމެއް ހޮވުމުގެ މަރުހަލާ. ފަހު ކުއާާޓަރުގައި ޢަމަލީ މަސައްކަތް ފަށާނެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ)ގެ މާލީ އެހީތެރިކަމާއެކު ހިންގާ މި ސަރުކާރުގެ ހައުސިން މަޝްރޫއުގެ މަސައްކަތް މިއަދު ފެށިފައިވާއިރު މިކަމުގެ އަމަލީ މަސައްކަތް މި އަހަރު ފަހު ކުއާޓަރުގައި ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެސްޑީއެފްޑީއާ އެކު ހުޅުމާލޭގައި 400 ހައުސިން ޔުނިޓްގެ މަޝްރޫއެއް މިއަދު އިފްތިތާހުކުރުމާ ގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ މި މަޝްރޫއުގެ މިހާރު ކުރިއަށް ގެންދަނީ ކޮންސަލްޓަންސީ ފާމެއް ހޮވުމުގެ މަރުހަލާ ކަމަށެވެ. އަދި މި އަހަރުގެ ފަހު ކުއާޓަރުގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއު ވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށްވާ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއް މަޝްރޫއަށް ކަމަށެވެ.

Advertisement

Advertisement 1

މި މަޝްރޫއަކީ 25 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ މަޝްރޫއެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ކުރީ ސަރުކާރުން ދައުލަތަށް ޖެއްސި ބުރަތަކުގެ ސަބަބުން މަޝްރޫޢުތައް ނުހިންގިގެން އެއްބަޔަކު ޝަކުވާ ވެސް ކުރިއެވެ. އެ ވާހަކަތަކާއި ގުޅިގެން ރައީސް މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ މި އަހަރުގެ ދެވަނަ ކުއާޓާ ފެށޭއިރު މަޝްރޫއުތައް ފެށިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ހުޅުލޭގައި މިއަދު ބޭއްވި މި މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެސްއެފްޑީގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް-މަރްޝަދެވެ.

ބޯހިޔާވަހިކަންމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

19 ދުވަސް ކުރިން - 13:45

ބޮޑު ބަންދާ ދިމާވުމުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

19 ދުވަސް ކުރިން - 12:55

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް އެދި ހުށަހެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ނުކުޅެދުންތެރި ކުދިންގެ ބެލެނެވެރިންނަށް މިހާރު ފުލެޓަށް ލެވޭނެ

32 ދުވަސް ކުރިން - 13:54

ސިފައިންނަށް ބޯހިޔާވަހިކަމުގެ ސްކީމުން ކަނޑައެޅޭ މިންވަރު އިތުރުކޮށްދެއްވާނަން: ރައީސް

"ސިފައިންނަށް ބޯހިޔާވަހިކަމުގެ ސްކީމުން ކަނޑައެޅޭ މިންވަރު އިތުރުކޮށްދެއްވާނަން"

32 ދުވަސް ކުރިން - 23:30

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއްތަލިބާއި ހައިކޮމިޝަނަރު ބައްލަވާލައްވައިފި

36 ދުވަސް ކުރިން - 22:37

ވިލިމާލޭގެ ފުނަގަސްތައް ނުކަނޑައި، އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި

ފުނަގަސްތައް ނުކަނޑައި ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

45 ދުވަސް ކުރިން - 18:45