Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިޒްރޭލް ޕާސްޕޯޓް؛ ސަރުކާރުން މަސައްކަތްކުރަނީ ދެމެހެއްޓެނިވި ހައްލަކަށް

އިޒްރޭލް ޕާސްޕޯޓް؛ ސަރުކާރުން މަސައްކަތްކުރަނީ ދެމެހެއްޓެނިވި ހައްލަކަށް

ޢަބްދުﷲ ޖުނައިދު
504 ދުވަސް ކުރިން - 14 އޭޕްރިލް 2025 11:49
އިސްރާއީލްގެ ޕާސްޕޯޓެއް: ސަރުކާރުގެ ވިސްނުމަކީ ދެމެހެއްޓެނިވި ހައްލު.
އިސްރާއީލްގެ ޕާސްޕޯޓެއް: ސަރުކާރުގެ ވިސްނުމަކީ ދެމެހެއްޓެނިވި ހައްލު.
ޚުލާސާ

ފަލަސްތީނުގެ ގިނަމީހުން އިސްރާއީލް ޕާސްޕޯޓް ގެންގުޅޭތީއާއި، ޑުއަލް ޕާސްޕޯޓްވެސް ގެންގުޅޭތީ، އެންމެންގެ ޕާސްޕޯޓް މަނާކުރުމުގެ ބަދަލުގައި އިސްރާއީލް ސިފައިންނާއި އޮފިޝަލުންގެ ޕާސްޕޯޓް މަނާކުރަން ސަރުކާރުން ވިސްނާކަމަށްވޭ.

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ގާނޫނީ އިސްލާހަށް އިތުރު ދިރާސާތަކެއް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މިހެން ނިންމީ، އިޒްރޭލް ޕާސްޕޯޓު އޮންނަ ހުރިހާ މީހުންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ވެއްދި މައްސަލައާއި ގުޅިގެން އެކަމަށް ރިޢާޔަތްކޮށް މޯލްޑިވްސް އިމިގްރޭޝަނުން ހުށަހެޅި ހުށަހެޅުމަކާއި ގުޅިގެންނެވެ. ސަރުކާރުން ދަނީ މިކަމުގައި އަވަސް ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ ފަލަސްތީނު ރައްޔިތުން ހިމާޔަތްކުރުމެވެ.

އިމިގްރޭޝަނުން ހުށަހެޅީ އިސްރާއީލްގެ ޕާސްޕޯޓް އޮންނަ އެންމެނަށް ރާއްޖެއަށް އެތެރެ ނުވެވޭވެ ކަމަށް އެމްޑިޕީން ހުށަހެޅި ހުށަހެޅުން ރަނގަޅެއް ނޫން ކަމަށް ބުނެއެވެ. ސަބަބަކީ، މި މައްސަލައިގައި ގައުމުގެ މަސްލަހަތު ރައްކާތެރިކުރުމާއެކު، ބައިނަލްއަޤްވާމީ ގުޅުންތަކަށް އަސަރު ނުކުރާނެ ގޮތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭތީއާއި، އިދިކޮޅު އެމްޑީޕީން މި މައްސަލަ މިގޮތަށް ހުށަހެޅީ ސިޔާސީ މަޤްޞަދެއްގައި ކަމަށް ވާތީއެވެ. އެމްޑީޕީގެ އަސްލު މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞަދު ހަލާކުކޮށްލައި، ސަރުކާރަށް ބޭރުގެ ފިއްތުންތައް ކުރިމަތިކުރުވުމެވެ.

Advertisement

Advertisement 1

އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ފޮރިން މިނިސްޓަރު އިސްރާއީލްގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުން: ޝާހިދު ވެސް ޤަބޫލުފުޅުކުރައްވާ ގޮތުގައި ޚާރިޖީ ކަންކަމަށް ބުރޫ އަރުވައިފިނަމަ އެކަމުގެ ގެއްލުން ތަޙައްމަލްކުރަން ޖެހޭނީ ރައްޔިތުން. އެހެންކަމުން.

އިސްރާއީލްގެ ރައްޔިތުންގެ އަތުގައި އެމެރިކާ ޕާސްޕޯޓް ވެސް އޮވެއެވެ. ހަމައެހެންމެ ފަލަސްޠީނުގެ ވަރަށް ގިނަ ރައްޔިތުންގެ އަތުގައި އިސްރާއީލްގެ ޕާސްޕޯޓް އޮވެއެވެ. ސަބަބަކީ ވަޒީފާ ހޯދުމަށާއި ދަތުރުފަތުރުކުރުމަށް ފަލަސްޠީން ރައްޔިތުން އިސްރާއީލް ޕާސްޕޯޓް ގެންގުޅޭތީއެވެ. އެހެންކަމުން އިސްރާއީލްގެ ޕާސްޕޯޓް މަނާކުރާނަމަ މަނާކުރަން އެންމެ ބުއްދިވެރީ އިސްރާއީލްގެ އޮފިޝަލުންގެ ޕާސްޕޯޓާއި އިސްރާއީލް ސިފައިންގެ ޕާސްޕޯޓެވެ. މުޅި އިސްރާއީލް ހުރިހާ ރައްޔިތުންގެ ޕާސްޕޯޓެއް ނޫނެވެ.

އެހެންކަމުން، މިއީ ޑުއަލް ސިޓިޒެންޝިޕް އޮންނަ ފަރާތްތަކަށާއި، އެހެނިހެން ސަބަބުތަކާހުރެ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ހުށަހަޅާފައިވާ އިސްލާހެކެވެ.

ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލައިގައި ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކުރަން ޖެހެއެވެ. އަދި ގާނޫނީ އިސްލާހު ގެނައުމުގައި މި ކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ޚުލާޞާ އަށް މަޢުލޫމާތު ދެއްވި އިސް ވެރިއެއް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ކޮށްފާނެ އަސަރުތަކަށް ވެސް ބަލަމުންދެއެވެ. "އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމާއެކު، ރާއްޖޭގެ އިޤްތިޞާދީ މަސްލަހަތުތައް ވެސް ރައްކާތެރިކުރެވޭނެ ގޮތަކަށް މި މައްސަލަ ހައްލުކުރުމަށް," އެ ވެރިޔާ ވިދާޅުވިއެވެ.

މި މައްސަލައިގައި އިތުރު ދިރާސާތައް ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ވަނީ ބަންޑާރަ ނައިބުގެ އޮފީހާއި ބައްދަލުކުރުމަށް ނިންމާފައެވެ.

ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދުމުގައި ލަސްވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ސަރުކާރުގެ ފަރާތުން ބުނެފައިވަނީ މިފަދަ ނާޒުކު މައްސަލައެއްގައި އަވަސް އަވަހަށް ނިންމުންތައް ނިންމުމުގެ ބަދަލުގައި، ފުންކޮށް ވިސްނައި ދުރާލާ ރޭވުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަނީ ހުރިހާ ފަރާތްތަކެއްގެ މަސްލަހަތު ހިމެނޭ ގޮތަށް، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް. މިއީ ވަގުތު ބޭނުންވާ ކަމެއް," ސަރުކާރުގެ އިސް ވެރިޔަކު ވިދާޅުވިއެވެ.

މި މައްސަލައިގައި ސަރުކާރުން ގެންގުޅޭ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ރައްކާތެރިކުރުމާއި، ބައިނަލްއަޤްވާމީ ގުޅުންތައް ހިފެހެއްޓުމާއި އަދި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހައްލެއް ހޯދުން ވެސް ހިމެނެއެވެ.

ޚުލާސާ އާއި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ޕްރޮޓޮކޯލް ކަންކަމުގައި އެތައް ޒަމާނެއް ވަންދެން މަސައްކަތް ކުރެއްވި މުޙައްމަދު ރިޔާޒް ވިދާޅުވީ މި މައްސަލައިގައި ނިންމޭ ނިންމުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށާއި އިޤްތިޞާދަށް ސީދާ އަސަރުކުރާނެ ކަމެކެވެ. ޚާއްޞަކޮށް ފަތުރުވެރިކަމަށް އެކަމުގެ އަސަރު ކުރާނެ ކަމަށާއި ޚަރިޖީ ގުޅުންތަކަށް ކުރާނީ ނޭދެވޭ އަސަރު ކަމަށް އޭނާ ޤަބޫލުކުރައްވައެވެ.

“އެހެންކަމުން، ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަކީ މުހިންމު ކަމެއް ކަމުގައި ރައްޔިތުން ވެސް އެބަޖެހޭ ޤަބޫލުކުރަން. އިސްރާއީލްކީ ޑުއަލް ޕާސްޕޯޓް ގެންގުޅޭ ރައްޔިތުން ތިބި ޤައުމެއް“ ކުރީގެ ޕްރޮޓޮކޯލް ކަންކަމުގައި އުޅުއްވި ރިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ސަރުކާރުން ވަނީ ކަމާގުޅޭ ހުރިހާ ފަރާތްތަކަކާ މަޝްވަރާކޮށް، އެންމެ އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންނާއި ޚާރިޖީ ދާއިރާގައާއި އަދި އިންޓަރނޭޝަނަލް ވިޔަފާރީގައި އުޅުއްވާ ފަރާތްތަކުން އިސްރާއީލް އެންމެންގެ ޕާސްޕޯޓް މަނާކުރުމާމެދު ދެކޮޅު ހައްދަވައެވެ.

ޕާސްޕޯޓުއިސްރާއީލްރިޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޙުތހު

504 ދުވަސް ކުރިން - 13:22

ޜަނގަޅު ނިންމުމެއް ކަމަށް ފެންނަނީ، އަދި އިޒްރާއިލުގެ އުފެއްދުންތައްވެސް ބޮއިކޮޓް ކޮށް ބަދަލުގައި އެހެން އުފެއްދުންތައް ވެސް ހޯދަންޖެހޭ، ކަންކުރަންވާނީ ވިސްނުންތެރި ކަމާއެކު ޖަޒުބާތުގައި ކުރާކަންތަކުގެ ސަބަބުން ވާނީ ގެއްލުން

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

24 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

31 ދުވަސް ކުރިން - 14:29