Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސައޫދީ ބޭފުޅަކަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވައިފި

ސައޫދީ ބޭފުޅަކަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވައިފި

އުސްތާޛް މުޙައްމަދު ޢަލީ
506 ދުވަސް ކުރިން - 14 އޭޕްރިލް 2025 10:53
ސަޢުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުލްރަޙްމާން އަލް މުރްޝިދަށް ރައީސުލްޖުމްހޫރިއްޔާ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް މިއަދު އރުއްވައިެއްވަނީ - 14 މާރިޗް 2025.
ސަޢުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުލްރަޙްމާން އަލް މުރްޝިދަށް ރައީސުލްޖުމްހޫރިއްޔާ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް މިއަދު އރުއްވައިެއްވަނީ - 14 މާރިޗް 2025.
ޚުލާސާ

ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުލްރަޙްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް މިއަދު އަރުވައިފި.

ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުލްރަޙްމާން އަލް މުރްޝިދަށް މިއަދު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަރުވައިފިއެވެ. އޭނާއަށް މި ޝަރަފް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާ ގޮތުގައި، މި ޝަރަފު އެރުވުމުގެ މައިގަނޑު މަޤްޞަދަކީ ސަޢުދީ ފަންޑުން ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ އާންމު ޙާލަތު ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމުގެ އަގު ވަޒަންކުރުމެވެ. މި ޝަރަފު އަރުވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ 3 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތަކީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުގެ ނަންފުޅަށް ނިސްބަތްކޮށް ދެވޭ ޝަރަފެކެވެ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަކީ 1893 އަދި 1903 އިން 1934 އާ ދެމެދު ރާއްޖޭގެ ރަސްކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ރަސްކަމުގައި ރާއްޖޭގައި ފުރަތަމަ ޢަމަލުކުރަން ފެށި ޤާނޫނުއަސާސީ އެކުލަވާލެވުނެވެ.

Advertisement

Advertisement 1

ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އެހީތެރިވެދޭ މުހިންމު ބައިވެރިއެކެވެ. މި ފަންޑުން ވަނީ ދިވެހިރާއްޖޭގެ ދަތުރުފަތުރު، ޞިއްޙަތު، ބޯހިޔާވަހިކަން އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ ފޯރުކޮށްދީފައެވެ. ޚާއްޞަކޮށް، 2024 ވަނަ އަހަރުގެ މޭ މަހު، ސަޢުދީ ފަންޑުން ވަނީ ދެ މުހިންމު މަޝްރޫޢުއަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ.

ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓަކީ 1974 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމެވެ. މި ފަންޑުން ލުއި ލޯނާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރެއެވެ. ޚާއްޞަކޮށް އަސާސީ ވަސީލަތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށް އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށްދެއެވެ.

ސަޢުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝަދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަޢުދީ ފަންޑުން ދިވެހިރާއްޖެއަށް ކޮށްދެއްވާފައިވާ އެހީތެރިކަމަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ސަޢުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދިވެހިރާއްޖެއަކީ ސަޢުދީ ފަންޑުގެ އެންމެ މުހިންމު ބައިވެރިންގެ ތެރެއިން އެއް ބައިވެރިއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަށް ސަޢުދަޢުދީ ފަންޑުން ތައްޔާރަށް ތިބިކަން އަންގަވައިދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި، ސަޢުދީ ފަންޑުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސައުދީ އަރަބިއްޔާރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

18 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

19 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

22 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:26