Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފާއިތުވި ފަސްދުވަސްތެރޭ 4 ސަރަޙައްދެއްގައި 4 ކަނދުފަތި އަޅައިފި

ފާއިތުވި ފަސްދުވަސްތެރޭ 4 ސަރަޙައްދެއްގައި 4 ކަނދުފަތި އަޅައިފި

އާނާ ފަހީމް
414 ދުވަސް ކުރިން - 13 އޭޕްރިލް 2025 12:59
ކަނދުފަތި/ ފޮޓޯ: މޯލްޑިވްސް ފައިނެސްޓް
ކަނދުފަތި/ ފޮޓޯ: މޯލްޑިވްސް ފައިނެސްޓް
ޚުލާސާ

ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްފައިވާ ތިން ދޮށީ ކަނދުފަތި އަދި ސްޕޯޓްސް ފިޝިންއަށް 1 ވަދު ކަނދުފައްޗެއް ފާއިތުވި 5 ދުވަހުގެ ތެރޭގައި އަޅައިފި.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި އައު ހަތަރުކަނދު ފަތި އަޅައިފިއެވެ. މި ކަނދުފަތިތައް އަޅާފައިވަނީ ކ. ގާފަރު، ނ. މާފަރު، ށ. ނަލަންދޫ އަދި ހދ. ކުޅުދުއްފުށީގެ ސަރަޙައްދުތަކުގައެވެ.

މި މަހުގެ 9 ވަނަ ދުވަހު ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅާފައިވާއިރު، 10 ވަނަ ދުވަހު ނ. މާފަރުގެ އިރުން 9.5 މޭލު ބޭރުގައިވެސް ދޮށީ ކަނދުފައްޗެއް އަޅާފައިވެއެވެ. މީގެ އިތުރުން 12 ވަނަ ދުވަހު ށ. ނަލަންދޫ ކައިރީގައި ވަދު ކަނދުފަތި އަޅާފައިވާއިރު، 13 ވަނަ ދުވަހު ހދ. އަތޮޅު ކުޅުދުއްފުށީ އިރު ދެެކުނުން 15.5 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅާފައިވެއެވެ.

ކަނދުފަތިތަކަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެއް ދިމާލަކަށް މަސް ޖަމާވާ ގޮތަށް ކަނޑަށް ފައްތާފައި އޮންނަ ބޮއެކެވެ. ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، ކަނދުފަތީގެ ގާތަށް މަސް ޖަމާވެ، މަސްވެރިކަން ތިޔާގިވެގެންދެއެވެ.

Advertisement

Advertisement

ރާއްޖޭގައި މިހާރު އަޅަމުންދަނީ ދެބާވަތެއްގެ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ވަދު ކަނދުފަތިތައް ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށްފައިވާ ކަނދުފަތިތަކާ ވަކިކުރުމަށް ފަސޭހަވާ ގޮތަށް ރީނދޫ ކުލައިގައެވެ.

މަސްވެރިކަންމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

2 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

16 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

23 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

1 ދުވަސް ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%