Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކަސްޓަމްސްއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި! މުސާރަ ބަރާބަރު!

ކަސްޓަމްސްއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި! މުސާރަ ބަރާބަރު!

އަހްމަދު އީޒާން
424 ދުވަސް ކުރިން - 12 އޭޕްރިލް 2025 16:11
ކަސްޓަމްސްގެ މުވައްޒަފުން އެ އޮފީހުގެ އިވެންޓެއްގައި ބައިވެރިވަނީ / ފޮޓޯ: ކަސްޓަމްސް
ކަސްޓަމްސްގެ މުވައްޒަފުން އެ އޮފީހުގެ އިވެންޓެއްގައި ބައިވެރިވަނީ / ފޮޓޯ: ކަސްޓަމްސް
ޚުލާސާ

މަގާމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށް ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށް. ފޯމު ހުށަޅަން ޖެހެނީ މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ރަނގަޅު މުސާރައަކާއެކު މޯލްޑިވްސް ކަސްޓަމްސްއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ. 

ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނީ އެސިސްޓަންޓް ކަސްޓަމްސް އޮފިސަރުގެ މަގާމަށް 13 މީހަކު ހޯދަން ބޭނުންވާ ކަމަށެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގެ ދެ މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވާ ނަމަ އެވެ. އަދި ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ނަމަ އެވެ. އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވާން ޖެހޭނެ އެވެ.

Advertisement

Advertisement 1

އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ އަސާސީ މުސާރައަކީ މަހަކު 5،000ރ. އެވެ. ނޮން-ޕްރެކްޓިސިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓް ނުވަތަ 1,750ރ. އާއި ސާވިސް އެލަވަންސަށް އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. އާއި ކޮއްތަށް އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60ރ. އަދި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިމަމް ވޭޖް އެލަވަންސް އާއި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ފައިސާ އާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މި މަގާމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށް ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަޅަން ޖެހެނީ މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ކަސްޓަމްސް
Ad
Ad

ގުޅޭ ޚަބަރުތައް

މާލެ ސަރަހައްދުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

34 ދުވަސް ކުރިން - 21:29

3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

46 ދުވަސް ކުރިން - 12:25

މިދިޔަ މަހު ދަޅުމަހުގެ ގޮތުގައި ކަޅުބިލަމަހުން 51 މިލިއަން ރުފިޔާ ލިބިއްޖެ

ދަޅުމަހުގެ ގޮތުގައި ކަޅުބިލަމަހުން 51 މިލިއަން ރުފިޔާ

46 ދުވަސް ކުރިން - 14:08

ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި

95 ދުވަސް ކުރިން - 13:27

ރާއްޖެ އެތެރެކުރަން އުޅުނު ހަކިލޯ ޑުރަގާއި އެކު އިންޑިއާ ދެމީހަކު ހައްޔަރު ކޮށްފި

އިންޑިޔާގެ ދެޒުވާނަކު ހަކިލޯގެ ޑުރަގާއި އެކު ހައްޔަރުކޮށްފި

97 ދުވަސް ކުރިން - 03:43

ކަނޑުމަގުން އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

116 ދުވަސް ކުރިން - 09:34

10 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%