Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މުލީއާގޭގެ ޚަރަދުތައް ކުރީގެ ރައީސުންގެ ދުވަސްވަރު ކުރި ޚަރަދުތަކަށްވުރެ ބޮޑުތަނުން މިހާރު ކުޑަވާނެ: އިޤްބާލް އާދަމް

މުލީއާގޭގެ ޚަރަދުތައް ކުރީގެ ރައީސުންގެ ދުވަސްވަރު ކުރި ޚަރަދުތަކަށްވުރެ ބޮޑުތަނުން މިހާރު ކުޑަވާނެ: އިޤްބާލް އާދަމް

އުސްތާޛް މުޙައްމަދު ޢަލީ
425 ދުވަސް ކުރިން - 12 އޭޕްރިލް 2025 10:21
މުލީއާގެ: ކުރީގެ ވެރިކަންތަކުގައި މުލީއާގޭގެ ޚަރަދުތައް ވަރަށް ވެސް ބޮޑު. ރައީސް މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ޚަރަދުތައް އެތައް ގުނައެއް ކުޑަ.
މުލީއާގެ: ކުރީގެ ވެރިކަންތަކުގައި މުލީއާގޭގެ ޚަރަދުތައް ވަރަށް ވެސް ބޮޑު. ރައީސް މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ޚަރަދުތައް އެތައް ގުނައެއް ކުޑަ.
ޚުލާސާ

މުލީއާގޭގެ ޚަރަދުތައް ބޮޑު ކަމަށް ޗެނަލް13 އިން އިއްޔެ ޚަބަރު ފެތުރުމުން، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއްކަމަށް.

މިސަރުކާރު އައިފަހުން މުލިއާގޭގެ ޚަރަދުތައް ކުރީގެ ރައީސުންގެ ދުވަސްވަރު ކުރި ޚަރަދުތަކަށްވުރެ ބޮޑުތަނުން ކުޑަވާނެ ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

އިޤްބާލް އާދަމް މިހެން ވިދާޅުވެފައިވަނީ ޗެނަލް-13 އިން އިއްޔެ މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށްބުނެ ފަތުރާފައިވާ ދޮގު ޚަބަރަކާއި ގުޅިގެންނެވެ. އިޤްބާލް އާދަމް ވިދާޅުވީ ޗެނަލް13 އިން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަ ފެތުރީ ކަމަށެވެ.

"ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން ފަރީއްކޮޅާއި އެޒާތުގެ ކަންކަމަށް ކުރައްވާ ޚަރަދުތަކާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ޚަރަދުތައް އެތައް ގުނައެއް ކުޑަވާނެ," ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އިޤްބާލް އާދަމް ވިދާޅުވިއެވެ.

Advertisement

Advertisement 1

ކުރީގެ ބައެއް ރައީސުންގެ ދުވަސްވަރު މުލީއާގޭގައި ޕާޓީތައް ބޭއްވުމާއި މަސްތުވާތަކެތިން ވެސް ޕާޓީ ބޭއްވިކަން ފަޅާއަރާފައި ވެއެވެ. އޭގެތެރޭގައި އެކި ބާވަތްތަކުގެ އެކި ބްރޭންޑުތަކުގެ ރަލާއި ކެނަބިސް ބޭނުންކޮށްފައި ވެއެވެ. އޭގެތެރެއިން ބައެއް މައްސަލަތައް ފުލުހުން ތަޙްޤީޤްކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވެސް ވެއެވެ.

މުލީއާގެއިން 40 ފުޅި ބަނގުރާ ފެނިގެން އެތަކެތި މީޑިއާއަށް ވެސް މީގެ ކުރިން ދައްކާފައި ވެއެވެ. އެއީ އެމްޑީޕީގެ ވެރިކަމުގައެވެ. އޭރު މުލީއާގޭގައި ކޮންމެ ރެޔަކު ޕާޓީ ބާއްވާ ކަމަށާއި، ޕާޓީތަކުގައި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވެސް ބައިވެރިވެފައިވާ ކަމަށް އެމްޑީޕީގެ ސީނިއާ ބޭފުޅުން އޭރު ވިދާޅުވެފައި ވެސް އެބަހުއްޓެވެ.

އިޤްބާލް އާދަމް ވިދާޅުވީ މިސަރުކާރު އައިފަހުން މުލީއާގޭގެ ޚަރަދުތައް ކުޑަކުރެއްވީ ރައީސް ޑރ. މުޢިއްޒު އަންގަވައިގެންނެވެ. ރައީސް މުޢިއްޒު އަބަދުވެސް ލަފާފުޅުދެއްވަނީ ހުރިހާ ޚަރަދެއް ވެސް ކުޑަކުރުމަށް ކަމަށާއި، މުލީއާގޭ ޚަރަދުތައް ބަލަހައްޓަމުންދަނީ ވެސް އެ އުޞޫލުން ކަމަށް އިޤްބާލް އާދަމް ވިދާޅުވިއެވެ.

"ކިރިޔާވެސް ކުރަންޖެހޭ ޚަރަދެއްނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ. އަމްދުން މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާ ހިސާބުގައި އޮތް ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނިކޮށް މިކަހަލަ ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ރައްޔިތުންނަށް އެކަންކަމުގެ ހަޤީޤަތް ވަރަށް ބޮޑަށް އޮޅި ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަންކަން," އިޤްބާލް އާދަމް ވިދާޅުވިއެވެ.

ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން ވެސް ވަނީ ޚަރަދުތައް ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތައް އަޅައި ނަތީޖާތައް ވެސް ދައްކާފައެވެ. އަދި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ ރައީސް ޑރ. މުޢިއްޒު ފުލް މުސާރަ ނުނަންގަވާތީވެ އެމަނިކުފާނު ނަމޫނާއަކަށް ބައްލަވައިގެން އެބޭފުޅުންގެ މުސާރައިން ވެސް އަމިއްލަފުޅަށް ބައެއް އުނިކުރައްވާފައިކަން ފާހަގަ ކުރެވެއެވެ.

މިކަމުން އެނގެނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، ސަރުކާރުން ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސް ޔާމީންރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްރައީސް މުޙައްމަދު ނަޝީދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

9 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

2 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

3 ދުވަސް ކުރިން - 17:31