އެމް.އެން.ޔޫ.އެސް.ޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފި

އައިޝަތު އީމާން | 42 ދުވަސް ކުރިން - 11 އޭޕްރިލް 2025 11:40
.އެން.ޔޫ.އެސް.ޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން. - ފޮޓޯ: ޚުލާސާ
.އެން.ޔޫ.އެސް.ޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން. - ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން މި މުބާރާތް ބާއްވާ 11 ވަނަ ފަހަރު. މި މުބާރާތުގައި އަންހެން އަދި ފިރިހެން، ކޮންމެ ޖިންސަކުން 9 ޓީމު ބައިވެރިވެފައިވޭ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ ތިންވަނަ އަށް އެންމެ ބޮޑު ކުޅިވަރު ހަރަކާތް، މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފި އެވެ.

މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން މި މުބާރާތް ބާއްވާ 11 ވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތުގެ އަންހެން އަދި ފިރިހެން، ކޮންމެ ޑިވިޝަނަކުން ވެސް ވަނީ ނުވަ ޓީމުން ބައިވެރިވެފަ އެވެ.

މި މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ. ވަޒީރުގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް، ޑީން އޮފް ސްޓޫޑެންޓްސް އާޝިއާ ލީލާ އަހުމަދު، ފިރިހެން ގައުމީ ވޮލީބޯލް ޓީމުގެ ކުރީގެ ކެޕްޓަން އާދަމް ފައިރޫޒް އަދި މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އައިޝަތު މާޖިދާ ވަނީ ބައިވެރިވެފަ އެވެ.

މި މުބާރާތް ޝަރަފުވެރި ކޮށްދެއްވާފައިވަނީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު. - ފޮޓޯ: ޚުލާސާ

މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިނާ އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގޮތުގައި ވުޑިކޯ، އޭޕެކްސް، އޮބިއޮން އަދި ދިރާގު ހިމެނެ އެވެ. އަދި މި ފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޚުލާސާ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%