ބޭނުންވާ ކަންކަން ހާސިލް ނުވަނީސް މީހުން މެރުން ހުއްޓާނުލާނެ ކަމަށް ފަލަސްތީނުގައި ނަސްލު ނައްތާލުމަށް މަސައްކަތް ކުރަމުންދާ އިސްރާއީލްގެ ވެރިޔާ ބެންޖަމީހުން ނަތަންޔާހޫގެ ސަރުކާރުން ބުނެފިއެވެ.
ހައްދުފަހަނައެޅި އިސްރާއީލޭ ކިޔުނު ޒައެނިސްޓު ޖަމާޢަތުގެ ވެރިޔާ މިފަހުން ހަންގޭރީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިސްރާއީލް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ އެކީއެކަށް ނިންމާލާކަށް ގަސްދު ނުކުރާ ކަމަށެވެ. ހަމާސް އަކީ ޓެރަރިސްޓުން ކަމަށާއި، ޓެރަރިސްޓުންނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އިސްރާއީލަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ނަތަންޔާހޫ ގަބޫލުކުރެއެވެ..
ޒައެނިސްޓުން ޣައްޒާ މުސްލިމުން ނެތިކޮށްލައި އެ ބިމަށް ވެރިވާން ކުރަމުންދާ މަސައްކަތުގައި މުސްލިމު ޤައުމުތައް ހިމެނޭހެން ހުޅަނގުން ވަނީ ރުހުން ދީފައި ކަމަށް މުހައްލިލުން ސިފަ ކުރެއެވެ.
ދުނިޔެ ދަންނަ ބޮޑު ސިއްރަކީ އިސްރާއީލުން ބޭނުންވެގެން އުޅެނީ ޣައްޒާއެއް ނޫނެވެ. މުޅި ފަލަސްޠީނެވެ.

މަތީގައިވާ ފޮޓޯއިން މި ފެންނަނީ ހުޅަނގުން އަޑީގައި އޮވެ ސިއްރު ޕްލޭނުގައި އ.ދ. ވެސް ބައިވެރިވެގެން ފަލަސްޠީން މުސްލިމުންގެ ބިންތައް ފޭރިފައިވާ ގޮތެވެ. މިއަދު ފަލަސްތީނުގެ ނަމުން ނަންދެވިފައިވާ ސަރަހައްދުގައި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ހިމެނެނީ ހުޅަނގު އައްސޭރިއާއި ޣައްޒާ އެކަންޏެވެ.
އެހެންނަމަވެސް، ވޯލްޑް ޕޮޕިއުލޭޝަން ރިވިއު އިން ދައްކާ ގޮތުގައި 100،000 އާއި އެއް މިލިއަނާއި ދެމެދުގެ އާބާދީއެއް އޮންނަ 7 ސިޓީއެއް ފަލަސްޠީނުގައި ހުރިއިރު، 10،000 އާއި 100،000 އާއި ދެމެދުގެ އާބާދީއެއް އޮންނަ 49 ސިޓީއެއް އެބަހުއްޓެވެ. މީގެއިން ބޮޑުބައި ކޮންޓްރޯލް ކުރަނީ މިއަދު އިސްރާއީލުންނެވެ.
- ހުޅަނގު އައްސޭރި: އޮސްލޯ އެއްބަސްވުންތަކަށް ފަހު ހުޅަނގު އައްސޭރި ވެސް ވަނީ 3 ބަޔަކަށް ބަހާލާފައެވެ.
- ސަރަހައްދު އޭ (ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް %18): ފަލަސްތީނުގެ އިދާރީ އަދި ސަލާމަތީ ގޮތުން ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި.
- ސަރަޙައްދު ބީ (ގާތްގަނޑަކަށް 22%): ފަލަސްތީނުގެ އިދާރީ ކޮންޓްރޯލާއި އިސްރާއީލާއި ފަލަސްތީނުގެ ޖޮއިންޓް ސެކިއުރިޓީ ކޮންޓްރޯލްގެ ދަށުގައި.
- ސަރަޙައްދު ސީ (ގާތްގަނޑަކަށް 60%): އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި، އިސްރާއީލުގެ އާބާދީތަކާއި، މުހިންމު ސަރަޙައްދުތަކާއި، ބިމުގެ މުހިންމު ބައިތައް ހިމެނޭ ގޮތަށް އދ ވެސް އަޑީގައި އޮވެގެން “ފޭރިގަނެފަ.
2- ޣައްޒާ
މިމަހުގެ ނިޔަލަށް އިސްރާއީލުން ޣައްޒާގެ %50 އަށްވުރެ ގިނަ ސަރަހައްދުގެ ކޮންޓްރޯލް އަތުލައިފިއެވެ، ފަލަސްތީނުގެ ގެދޮރާއި ދަނޑުވެރިކަމަށް ރަނގަޅު ބިންތަކާއި މުހިންމު ސަރަޙައްދުތައް ވަނީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.
ބިމުގެ ކޮންޓްރޯލް
- ފަލަސްތީނުން ކޮންޓްރޯލްކުރާ ސަރަހައްދުތައް:
އެކި ދުވަސްވަރުމަތިން ހަނގުރާމަކޮށް މިހާރު މުސްލިމުންގެ ބާރުގެ ދަށުގައި އެންމެ ފަހަކަށް އޮތް ހުޅަނގު އައްސޭރި ވެސް ވަނީ ފޮތިފޮތި ކޮށްފައެވެ. ތިންފޮއްޗަށް ހުޅަނގު އައްސޭރިވެސް ބަހައިލީ އިސްރާއީލުން މިފަހުން ހިންގި އަސްކަރީ އޮޕަރޭޝަންތަކާއި ބަފަރ ޒޯންތައް ފުޅާކުރުމުގެ ތެރެއިންނެވެ. މުސްލިމުންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތީ މިތަނުގެ 18 ޕަސެންޓެވެ.
- އިސްރާއީލުން ކޮންޓްރޯލްކުރާ ސަރަހައްދުތައް:
އިސްރާއީލުން ހުޅަނގު އައްސޭރީގެ ބިމުގެ ގާތްގަނޑަކަށް %60 ގެ ފުރިހަމަ ކޮންޓްރޯލް ނަގާފައިވާއިރު އަސްކަރީ އޮޕަރޭޝަންތަކާއި ބަފަރ ޒޯންތައް ގާއިމްކުރުމުގެ ތެރެއިން ޣައްޒާގެ %50 އަށްވުރެ ގިނަ ސަރަހައްދުގެ ކޮންޓްރޯލް އަތުލާފައިވެއެވެ.
ފަލަސްޠީން މުސްލިމުންގެ އަތްދަށުގައި ހުރީ 7 ސިޓީ އެވެ. އިސްރާއީލުގައި މިހާރު ރަސްމީކޮށް ކަނޑައެޅިފައިވާ 16 ސިޓީއާއި 150 އަށް ވުރެ ގިނަ ރަށާއި ލޯކަލް ކައުންސިލްތައް އެބަހުއްޓެވެ.
މުޅި ބިން އެއްކޮށް ފޭރިގަތުމަށް ކުރާ މަސައްކަތުގައި ޒައެނިސްޓުން ވަނީ ޣައްޒާގައި މާޗް 18 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށްފަހު ދިން ޙަމަލާތަކުގައިވެސް 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދެމުންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 50،000 އަށް ވުރެ މައްޗަށް އަރާފައެވެ.









