މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، ހުޅުމާލެ، ހިޔާ , 8-01-04 އަލްފާޟިލް ޔާސީން ޙުސައިން ޢައްޔަންކޮށްފިއެވެ.
މި މަޤާމަށް ޔާސީން ޢައްޔަންކުރިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
ޔާސީންއާއެކު އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އަށް މެންބަރުން ތިއްބަވައެވެ. އޭގެ ތެރޭގައި އާންމު ހިއްސާދާރުން އިންތިޚާބުކޮށްފައިވާ ދެ މެންބަރުންވެސް ހިމެނެއެވެ.
އެމްޓީސީސީގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު އަފީފް ހުސެއިން އެވެ.









