Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔޫއޭއީ އާއި އިސްރާއީލްގެ ގުޅުން އިތުރަށް ބަދަހި ކުރަނީ

ޔޫއޭއީ އާއި އިސްރާއީލްގެ ގުޅުން އިތުރަށް ބަދަހި ކުރަނީ

ޖަވާދު
519 ދުވަސް ކުރިން - 8 އޭޕްރިލް 2025 17:50
ގެ ޚާރިޖީ ވަޒީރު  ޝެއިޚް އަބްދުالله ބިން ޒައިދް އައްނަހްޔާން އާއި އިސްރާއީލުގެ ޚާރިޖީ ވަޒީރު ޣަދްޣޫން ސާއިރު ޔޫއޭއީގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން.
ގެ ޚާރިޖީ ވަޒީރު ޝެއިޚް އަބްދުالله ބިން ޒައިދް އައްނަހްޔާން އާއި އިސްރާއީލުގެ ޚާރިޖީ ވަޒީރު ޣަދްޣޫން ސާއިރު ޔޫއޭއީގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން.
ޚުލާސާ

އިސްރާއީލްގެ ދައުލަތް ގަބޫލްކޮށް އިސްރާއީލާ ގުޅުންތައް އުފައްދާފައިވާ މަދު އަރަބި ގައުމުތަކުގެ ތެރެއިން އިސްރާއީލާ އެންމެ ގާތް ގުޅުންތައް ބާއްވަމުން ގެންދާ ގައުމަކީ ޔޫއޭއީ.

ޒަޔަނިސްޓް އިސްރާއީލުގެ ޚާރިޖީ ވަޒީރު ޣަދްޣޫން ސާއިރު ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އަށް ގޮސް ޔޫއޭއީ ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު އާ ބައްދަލުކުރައްވައި ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޝެއިޚް ޝެއިޚް އަބްދުالله ބިން ޒައިދް އައްނަހްޔާން ވަނީ މެދުއިރުމަތީގައި ހަރުކަށި ފިކުރުތަކާއި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ބައިނަލްއަގްވާމީ ގޮތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައި ކަމަށައި، ރަހީނުން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ބްރޯކަރކޮށް، ދާއިމީ ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާއަށް އިންސާނީ އެހީ ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ގަތަރާއި މިސްރާއި އެމެރިކާއިން ކުރާ މެދުވެރިކަމުގެ މަސައްކަތްތަކަށް ޔޫއޭއީން ތާއީދުކުރާކަން ތަކުރާރުކުރައްވާފައި ކަމަށް ޔޫއޭއީން ބުނެއެވެ.

އަބޫދަބީގައި ދެއްވި ބަޔާނެއްގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ވަނީ ޔޫއޭއީން އިސްރާއީލަށް ކުރާ އިތުބާރާއި ބާއްވަމުން ގެންދާ ގާތް ގުޅުންތަކާ ގުޅިގެން ޔޫއޭއީގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

Advertisement

Advertisement 1

އިސްރާއީލެކޭ އެއްގޮތަށް ޔޫއޭއީއަކީ ވެސް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ޖަމާއަތްތަކާއި އަދި ފަލަސްތީނުގެ މުޖާހިދުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރާ ގައުމެކެވެ. އަދި ހަމާސް ކުށްވެރި ކުރައްވައި އދ.ގެ އެތައް ޖަލްސާތަކެއްގައި ޔޫއޭއީން ވަނީ ވާހަކަ ދައްކަވާފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދިނީ ހަމާސްގެ ސަބަބުންކަމަށް ވިދާޅުވެ އދ. ގައި ހުންނަވާ ޔޫއޭއީގެ މަންދޫބުވަނީ އިސްރާއީލުގެ ރަހީނުން މިނިވަންކޮށް ހަތިޔާރު ބަހައްޓައި އިސްރާއީލަށް އަމާން ދިނުމަށް އެތައް ފަހަރެއްގެ މަތިން ހަމާސް ޖަމާއަތަށް ގޮވާލައްވާފައެވެ.

އިސްރާއީލްގެ ދައުލަތް ގަބޫލްކޮށް އިސްރާއީލާ ގުޅުންތައް އުފައްދާފައިވާ މަދު އަރަބި ގައުމުތަކުގެ ތެރެއިން އިސްރާއީލާ އެންމެ ގާތް ގުޅުންތައް ބާއްވަމުން ގެންދާ ގައުމަކީ ވެސް ޔޫއޭއީއެވެ.

ޔޫއޭއީން 2020 ވަނަ އަހަރު އިސްރާއީލާ ގުޅުން އާންމުކުރިއިރު، ފަލަސްތީނުގެ ބައެއް ޖަމާއަތްތަކުން ވަނީ ޔޫއޭއީ އިން އިސްރާއީލާ ގުޅިގެން ޖާސޫސީ ހަރަކާތްތައް ހިންގާ ކަމަށެވެ.

ޔޫއޭއީއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ޔޫއޭއީއަށް ދިވެހިރާއްޖޭން ކަނޑައެޅުއްވި އައު ސަފީރު ތޯރިގު އިބްރާހީމް އެގައުމުގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ޔޫއޭއީގެ ރައީސްއަށް ސަފީރު ތޯރިޤު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

5 ދުވަސް ކުރިން - 13:45

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

21 ދުވަސް ކުރިން - 19:36