Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުއްޓިފައި އޮތް ހަނިމާދޫ މިސްކިތް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

ހުއްޓިފައި އޮތް ހަނިމާދޫ މިސްކިތް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
429 ދުވަސް ކުރިން - 8 އޭޕްރިލް 2025 17:52
ހަނިމާދޫ މިސްކިތުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: އެމްޓީސީސީ
ހަނިމާދޫ މިސްކިތުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް ވާއިރު، މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް، 360 ދުވަސްތެރޭގައި ނިންމުމަށް.

ހދ. ހަނިމާދޫގައި ބިނާކުރަމުންދާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެމްޓީސީސީއާ އެކު އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ހަނިމާދޫގައި މިހާރު މަސައްކަތް ހުއްޓިފައިވާ މިސްކިތުގެ ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ނިންމުން ހިމެނެއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ނައިބު އިބްރާހީމް އާސިމެވެ.

Advertisement

Advertisement 1

ހަނިމާދޫގައި މިސްކިތް ތަރައްޤީކުރަނީ 7933 އަކަ މީޓަރުގެ ސަރަޙައްދެއްގައެވެ. މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.

2645 މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ހަނިމާދޫއަކީ އެއަރޕޯޓެއް ޤާއިމްކުރެވިފައިވާ ރަށެއްކަމުން ގިނަ ޢަދަދެއްގެ ބަޔަކު އެރަށަށް ޒިޔާރަތްކުރެއެވެ. މި މިސްކިތް ނިމުމުން ރަށުގެ އާބާދީއަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެމްޓީސީސީ
Ad
Ad

ގުޅޭ ޚަބަރުތައް

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

8 ދުވަސް ކުރިން - 17:03

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

9 ދުވަސް ކުރިން - 20:41

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

11 ދުވަސް ކުރިން - 15:02

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާކަން އެމްޓީސީސީން ހަނދުމަކޮށްދީފި

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާ

16 ދުވަސް ކުރިން - 22:02

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ %68 މަސައްކަތް ނިމިއްޖެ

25 ދުވަސް ކުރިން - 15:36

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%