މާފަރު އިންޓާނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަނީ

އަހްމަދު އީޒާން | 193 ދުވަސް ކުރިން - 8 އޭޕްރިލް 2025 14:25
މާފަރު އެއާޕޯޓުގެ ޓާމިނަލް 900 އަކަމީޓަރު ބޮޑުކުރުމަށް ވަނީ ނިންމައިފަ.
މާފަރު އެއާޕޯޓުގެ ޓާމިނަލް 900 އަކަމީޓަރު ބޮޑުކުރުމަށް ވަނީ ނިންމައިފަ.
ޚުލާސާ

އައިލެންޑް އޭވިއޭޝަނުން ބުނީ އެ މަސައްކަތަށް ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް.

ނ. މާފަރު އިންޓާނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން މިއަދު އިއުލާންކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ބުނީ މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށާއި އެ މަސައްކަތް ހަވާލުކުރެވޭނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުން ކަމަށެވެ.

އެ އިއުލާނުގައި ބުނި ގޮތުގައި, މާފަރު އެއާޕޯޓުގެ ޓާމިނަލް 900 އަކަމީޓަރު ބޮޑުކުރުމަށް ވަނީ ނިންމައިފަ އެވެ. ދެ ފުލޯ އަށް ހަދާ އެ އެއާޕޯޓުގެ ޓާމިނަލްގައި ވީއަޕީގެ އިތުރު ލައުންޖެއް ވެސް ހުންނާނެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި)ގެ ފޯމު ފުރިހަމަކުރުމަށް ފަހު އީ-މެއިލްކުރުމަށެވެ.

އަބޫ ދާބީ ފަންޑުން ފައިނޭންސް ދީގެން ހެދި މާފަރު އެއާޕޯޓު ހުޅުވީ 2019 ވަނަ އަހަރު އެވެ. ޕްރައިވެޓް ޖެޓް ގިނަ އަދަދަކަށް ޖައްސާ އެ އެއާޕޯޓަކީ ވެލާނާ އެއާޕޯޓު ފިޔަވައި އެންމެ ބާރުބޮޑު އެއް އިންޓަނޭޝަނަލް އެއާޕޯޓެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%