Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

އަހްމަދު އީޒާން
466 ދުވަސް ކުރިން - 7 އޭޕްރިލް 2025 10:51
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން. / ފޮޓޯ: ޚުލާސާ
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ އާއި ރަށްރަށުގެ ސްކޫލްތަކުގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ 90,000 އެއްހާ ދަރިވަރުންނާ އެކުގައި ކަމަށް.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ އާއި ރަށްރަށުގެ ސްކޫލްތަކުގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ 90,000 އެއްހާ ދަރިވަރުންނާ އެކުގައި ކަމަށެވެ.

ސްކޫލްތަކުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

Advertisement

Advertisement 1

ގާތްގަނޑަކަށް 40 ދުވަހުގެ ދިގު ޗުއްޓީއަކަށް ފަހު ރާއްޖޭގެ 216 ސްކޫލުގައި މިއަދު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.

ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދިނުމަށް 11,000 ޓީޗަރުން މި ދިރާސީ އާ އަހަރުގައި މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން. / ފޮޓޯ: ޚުލާސާ

ސްކޫލްތަކުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ އަންނަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.

ފުރަތަމަ ޓާމު ނިމި، ދެ ހަފުތާގެ ކުރު ޗުއްޓީއަކަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ދިރާސީ އަހަރު ނިމޭނީ އަންނަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި އަހަރުން ފެށިގެން ދެން ކޮންމެ އަހަރަކު ވެސް ސްކޫލްތަކުގެ ބޮޑު ޗުއްޓީ، ކުރިއެކޭ ވެސް އެއްގޮތަށް ޑިސެމްބަރު މަހުގައި ލިބޭނެއެވެ.

ސްކޫލް ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ސްކޫލްމިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

93 ދުވަސް ކުރިން - 19:47

ރޯވި ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުމެއް ނުހުއްޓޭނެ އެޑިއުކޭޝަން މިނިސްޓަރު

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

105 ދުވަސް ކުރިން - 14:03

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

112 ދުވަސް ކުރިން - 20:09

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

140 ދުވަސް ކުރިން - 13:49

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

151 ދުވަސް ކުރިން - 10:17

އިސްލާމް ދީން އުގެނުން އޮތީ އެންމެ ބަހަކުން އެކަނިތަ؟

އިސްލާމްދީން އުގެނުން އޮތީ އެންމެ ބަހަކުން އެކަނިތަ؟

156 ދުވަސް ކުރިން - 09:05