Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބްރޯޑްކާސްޓިން ކޮމިޝަންގެ ގޮނޑި އަށް ފުރުސަތު ހުޅުވާލައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ގޮނޑި އަށް ފުރުސަތު ހުޅުވާލައިފި

ހުސައިން އިސްމާއިލް
431 ދުވަސް ކުރިން - 6 އޭޕްރިލް 2025 13:13
ބްރޯޑްކޮމްގެ ކުރީގެ މެންބަރު ފަޒީން: އޭނާ އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް ފުރުސަތު ހުޅުވާލައިފި.
ބްރޯޑްކޮމްގެ ކުރީގެ މެންބަރު ފަޒީން: އޭނާ އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް ފުރުސަތު ހުޅުވާލައިފި.
ޚުލާސާ

އެ ކޮމިޝަމުގެ ކުރީގެ މެންބަރު ފަޒީން ވަނީ ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އިސްތިއުފާ ދީފައި.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމް ހުސްވެފައިވާތީވެ، އެ މަޤާމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ފަޒީން މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެބައޮތެވެ.

Advertisement

Advertisement 1

މި މަޤާމަށް ކުރިމަތިލެވޭނީ 18 އަހަރުވެފައިވާ ދިވެހިންގެ ތެރެއިން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިނުވާ މީހުންނަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންނަކީ ފަސް އަހަރުގެ ދައުރެކެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރާއި ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށާއި މި ފޯމުތަކާއި އިގުރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ފަޒީން އެ މަގާމުން އިސްތިއުފާ ދެއްވީ ބްރޯޑްކޮމްގެ މުވައްޒަފަކަށް އޭނާ ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެ, އެ މައްސަލާގައި އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދަނިކޮށެވެ. ފަޒީން ވަނީ އެ ތުހުމަތަށް އިންކާރު ކޮށްފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންބްރޯޑްކާސްޓިން ކޮމިޝަން
Ad
Ad

ގުޅޭ ޚަބަރުތައް

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފަޒީން އަށް ދައުވާ ކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފަޒީނަށް ދައުވާ ކޮށްފި

155 ދުވަސް ކުރިން - 19:13

މީޑިއާ ބިލް ކޮމިޓީއިން ފާސްކޮށްފި

މީޑިއާ ބިލް ކޮމިޓީއިން ފާސްކޮށްފި

269 ދުވަސް ކުރިން - 18:52

މީޑިއާ ބިލާއެކު މިނިވަން ނޫސްވެރިކަމަށް އޮތް ފުރުސަތުތައް ހަނިވަނީ ހެއްޔެވެ؟

މިނިވަން ނޫސްވެރިކަމަށް އޮތް ފުރުސަތުތައް ހަނިވަނީ ހެއްޔެވެ؟

293 ދުވަސް ކުރިން - 08:53

ބްރޮޑްކޮމްގެ މެމްބަރު ކަމަށް ޒަމްއަތު އައްޔަންކުރައްވައިފި

ބްރޮޑްކޮމްގެ މެމްބަރު ކަމަށް ޒަމްއަތު އައްޔަންކުރައްވައިފި

358 ދުވަސް ކުރިން - 15:43

ބްރޯޑްކޮމް އަށް ޒަމްއަތު ޢައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

ބްރޯޑްކޮމް އަށް ޒަމްއަތު ޢައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

360 ދުވަސް ކުރިން - 12:01

ހަމަނުޖެހުން ބޮޑުވެފައިވާ ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ސަސްޕެންޑްކޮށްފި

ހަމަނުޖެހުން ބޮޑުވެފައިވާ ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ސަސްޕެންޑްކޮށްފި

385 ދުވަސް ކުރިން - 08:45

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%