މިފަހަރުގެ ރަމަޟާން މަސް ފެށުނު ދުވަހުން ފެށިގެން ޣައްޒާގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވެ، ފަލަސްތީނުގެ 1،309 މީހުން ޝަހީދު ކޮށްލައިފިއެވެ.
ސުލްހައިގެ ވާހަކަތަކަށްފަހު، އެއްބަސްބުމާއި ހިލާފުވެ ރޯދައިގެ ފަހު ދިހަޔަކަށް އެޅެންވާއިރަށް މާޗް މަހުގެ 18 ވަނަ ދުވަހު އިސްރާއީލުން ވަނީ ހަމަލާތައް ވަރުގަދަ ކޮށްފައެވެ.
މި ރޯދަމަސް ފެށުނުފަހުން 3،184 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.
އިއްޔެ ޣައްޒާގެ ސްކޫލަކަށް ބޮން އަޅައި ގިނަ ބަޔަކު ޝަހީދުކޮށްލިއިރު ޔަހޫދީ ސިފައިން ވަނީ 15 ޕެރެމެޑިކްސް އާއި ރެސްކިއު ވޯކަރުން ވެސް މިފަހުން ޝަހީދު ކޮށްލާފައެވެ.
އަނިޔާވެރިކަން އިތުރުވަމުންދާތީ ކަންބޮޑުވުން އިތުރުވެ ޕޯޕް ފްރާންސިސް ވެސް ވަނީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި، ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާއި ހަނގުރާމަ ހުއްޓާލުމަށް އަލުން މަޝްވަރާތައް ފެށުމަށް އިލްތިމާސް ކުރައްވާފަ އެވެ.









