Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސްރާއީލުން ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާއީލުން ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
467 ދުވަސް ކުރިން - 5 އޭޕްރިލް 2025 22:34
ހާރިޖީ ވުޒާރާ
ހާރިޖީ ވުޒާރާ
ޚުލާސާ

އިސްރާއީލުން ހިންގާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، މި އަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލާ.

ދިވެހި ސަރުކާރުން އިސްރާއީލުން ޣައްޒާގެ ދާރުލް އަރްޤަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ އަދި ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ޣައްޒާގައި ހިންގާ ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމާބެހޭ ގާނޫނާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި މި ހަމަލާގައި 30 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށާއި، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ހާރިޖީ ވުޒާރާއިން ބުނީ އިސްރާއީލުން ހިންގާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، މި އަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލާ ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބައިނަލްއަގްވާމީ މުޖުތަމައަށް ވުޒާރާއިން ގޮވާލާފައިވެއެވެ.

Advertisement

Advertisement 1

ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ތާއީދު ތަކުރާރުކޮށް، މި މައްސަލައަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދުމުގެ މުހިންމުކަން ވުޒާރާއިން ފާހަގަކުރިއެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން މެނުވީ މި މައްސަލައަށް ހައްލެއް ނާންނާނެކަމަށް ރާއްޖެއިން ދެކޭކަމަށްވެސް ބުންޏެވެ.

އިސްރާއީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

3 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

5 ދުވަސް ކުރިން - 11:26

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

7 ދުވަސް ކުރިން - 13:08

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް

12 ދުވަސް ކުރިން - 21:30

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

12 ދުވަސް ކުރިން - 11:40

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

24 ދުވަސް ކުރިން - 17:47