Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަންގޭރީ ވެސް އައިސީސީން ވަކިވެއްޖެ

ހަންގޭރީ ވެސް އައިސީސީން ވަކިވެއްޖެ

ޖަވާދު
478 ދުވަސް ކުރިން - 3 އޭޕްރިލް 2025 21:52
ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބާން (ވ) އާއި އޭނާގެ އިސްރާއީލުގެ އެކުވެރި ވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބުރާސްފަތި ދުވަހު ބުޑަޕެސްޓްގައި.
ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބާން (ވ) އާއި އޭނާގެ އިސްރާއީލުގެ އެކުވެރި ވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބުރާސްފަތި ދުވަހު ބުޑަޕެސްޓްގައި.
ޚުލާސާ

ހަންގޭރީން މިއަދު އައިސީސީން ވަކިވީ އިސްރާއީލްގެ ޕްރެޝަރަށް ކަމަށް ބެލެވޭ. މިއަދު ނަތަންޔާހޫ ހުރީ ހަންގޭރީގަ. ނަތަންޔާހޫ އަކީ ހައްޔަރުކުރުމަށް ވޮރެންޓް ނެރެފައިވާ މީހެއް.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ހަންގޭރީ ވަކިވާން ނިންމާފައިވާކަން މިއަދު އިއުލާން ކޮށްފިއެވެ.

ހަންގޭރީން ބުނީ ދުނިޔޭގެ ޖިނާޢި ކޯޓުން ވަކިވާން އެ ގައުމުން ނިންމާފައި ވަނީ އެ ކޯޓު ސިޔާސީ ކުރުމާއި ގުޅިގެންނެވެ. ބޮޑުވަޒީރު ވިކްޓަރ އޮރްބާން ވިދާޅުވީ އައިސީސީގެ އަސްލު މަގުސަދުން އެއްކިބާވެ ސިޔާސީ ޖަމާއަތަކަށް ވެފައިވާ ކަމަށެވެ.

ބެލެވޭ ގޮތުގައި ހަންގޭރީން މިގޮތަށް ނިންމީ މިއަދު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަންގޭރީއަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް، އޭނާ ހައްޔަރު ނުކުރަން ވެގެންނެވެ. ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ގުޅިގެން އައިސީސީން ވަނީ ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.

Advertisement

Advertisement 1

އެ އަމުރު ނެރުމުން ވެސް އެއީ ބާރެއް ހުރި އަމުރަކަށް ނުވާނެ ކަމަށް މުހައްލިލުން ދިޔައީ ބުނަމުންނެވެ.

ހަންގޭރީން މިއަދު އައިސީސީން ވަކިވުމުން، ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީން ނެރެފައިވާ އަމުރު ތަންފީޒު ކުރާކަށް ހަންގޭރީއަކަށް ގާނޫނީ ގޮތުން ވާޖިބެއް ނުވާނެ ކަމަށް އެ ގައުމުން ބުނެއެވެ.

ނަމަވެސް މިކަމާއި ގުޅިގެން ޑަޗް ފޮރިން މިނިސްޓަރު ކަސްޕާ ވެލްޑްކަމްޕް ފާހަގަކުރެއްވި ގޮތުގައި ހަންގޭރީން އަމިއްލައަށް އެހެން ނިންމި ކަމުގައި ވިޔަސް، ރަސްމީގޮތުން ވަކިވުމުގެ މަރުހަލާ ނިމެންދެން އައިސީސީގެ މެންޑޭޓްތަކަށް އަމަލުކުރުން ހަންގޭރީގެ މައްޗަށް ލާޒިމްވާނެއެވެ.

ހަންގޭރީން އައިސީސީން ވަކިވިއިރު މިއީ ޔޫރަޕުން އެ ކޯޓުން ވަކިވި ފުރަތަމަ ގައުމެވެ.

މިއަހަރުގެ ފެބުރުއަރީ 24 ގައި އަފްޣާނިސްތާން ވަނީ އައިސީސީން ވަކިވެފައެވެ. އޭގެކުރިން 2018 ވަނަ އަހަރު މާޗު 14 ވަނަ ދުވަހު ފިލިޕީންސް އިން އައިސީސީގެ މެންބަރުކަމުން ވަކިވިއިރު އޭގެ ކުރީ އަހަފު އޮކްޓޯބަރު 27 ވަނަ ދުވަހު ބުރޫންޑީންވެސް ވަނީ އައިސީސީން ވަކިވެފައެވެ.

ނަތަންޔާހޫހަންގޭރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

ލުބުނާނުގެ މަޝްރަޙު ގޯސްވަމުންދާތީ، ނަތަންޔާހޫ ހުއްޓުވުމަށް ޓްރަމްޕަށް ޕްރެޝަރު ކުރިމަތިވެއްޖެ

ލުބުނާނުގެ މަޝްރަޙު ގޯސްވަމުންދާތީ، ނަތަންޔާހޫ ހުއްޓުވުމަށް ޓްރަމްޕަށް ޕްރެޝަރު ކުރިމަތިވެއްޖެ

36 ދުވަސް ކުރިން - 01:22

އީރާނާއެކު އެމެރިކާއިން އެކުލަވާލި އެއްބަސްވުން ނަތަންޔާހޫއަށް ސިޔާސީ ބިރުވެރި ހުވަފެނަކަށް!

އީރާނާއެކު އެމެރިކާއިން އެކުލަވާލި އެއްބަސްވުން ނަތަންޔާހޫއަށް ސިޔާސީ ބިރުވެރި ހުވަފެނަކަށް!

39 ދުވަސް ކުރިން - 17:17

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

41 ދުވަސް ކުރިން - 20:14

ނަތަންޔާހޫގެ ކެބިނެޓުގެ އިންޒާރަކަށް ފަހު ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި

ނަތަންޔާހޫގެ ކެބިނެޓުގެ އިންޒާރަކަށް ފަހު ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި

41 ދުވަސް ކުރިން - 17:59

ލުބުނާނުގެ ހަނގުރާމަ ވަރުގަދަވުމާއެކު، ޓްރަމްޕް ނަތަންޏާހޫއާ މަޝްވަރާކޮށްފި

ލުބުނާނުގެ ހަނގުރާމަ ވަރުގަދަވުމާއެކު، ޓްރަމްޕް ނަތަންޏާހޫއާ މަޝްވަރާކޮށްފި

54 ދުވަސް ކުރިން - 06:21