Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލިވަޕޫލާއި ރާއްޖޭގެ ބޮޑު އިވެންޓް މިރޭ 23:30 ގައި، ޕީއެސްއެމްއިން ލައިވް ކުރާނެ!

ލިވަޕޫލާއި ރާއްޖޭގެ ބޮޑު އިވެންޓް މިރޭ 23:30 ގައި، ޕީއެސްއެމްއިން ލައިވް ކުރާނެ!

ހުސައިން އިސްމާއިލް
525 ދުވަސް ކުރިން - 2 އޭޕްރިލް 2025 16:07
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމް.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމް.
ޚުލާސާ

ލިވަޕޫލްގެ އެންފީލްޑްގައި އޮންނަ މި އިވެންޓް އިފްތިތާޙް ކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ލިވަޕޫލް ފުޓްބޯޅަ ކުލަބާއި އެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށް ހަމަޖެހިއްޖެއެވެ.

މި އިވެންޓް ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސް އިންނާއި އަދި އައިސް ނެޓްވޯކުން މިރޭ 23:30 ގައި ލައިވްކޮށް ދައްކާނެއެވެ.

ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިއަދުގެ ވަޤުތެއްގައެވެ.

Advertisement

Advertisement 1

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ލިވަޕޫލް އެފްސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރ" އަކަށް ހެދުމާއި ގުޅިގެން ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްކަން ފާހަގަ ކުރެވެއެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރާއި ހަ މަހެވެ. މި މުއްދަތުގެ ތެރޭގައި ލިވަޕޫލް އެފްސީގެ އޮފިޝަލް ޑެސްޓިނޭޝަނަކީ ދިވެހިރާއްޖެއެވެ.

އެންފީލްޑްގައި ބާއްވާ މި ކެމްޕޭން ލޯންޗިންގ އިވެންޓަށް ދުނިޔޭގެ މިލިއަނުން ގުނާ ފުޓުބޯޅަ ފޭނުންގެ ސަމާލުކަން ހޯދޭނެކަމަށް ބެލެވެއެވެ. މި އިވެންޓުގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރ ތާރިޤް އިބްރާހީމް އަދި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އާއި ބައެއް ވަޒީރުންނާއި ދައުލަތުގެ އިސް ބޭފުޅުން ވަނީ ލިވަޕޫލަށް ވަޑައިގެންފައެވެ.

ކެމްޕޭން ލޯންޗުކުރެއްވުމުގެ އިތުރުން، ރައީސް ޑރ. މުޢިއްޒު ނިންމަވާފައި ވަނީ އެޤައުމުގައި ތިބި ދިވެހި ދަރިވަރުންނާއި ވެސް ބައްދަލުކުރެއްވުމަށެވެ. މީގެ އިތުރުން، ލިވަޕޫލް އެފްސީގެ އޭއެކްސްއޭ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރުމުގައި އެއްބާރުލުން ލިބިދާނެ ދާއިރާތައް ބައްލަވައިލައްވާނެއެވެ. އަދި ލީޑްސްއަށް ވަޑައިގެން ޔުނިވަރސިޓީ އޮފިޝަލުންނާއި އެ ސިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ތަޢުލީމީ އަދި ޘަޤާފީ ގޮތުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ވެސް ކުރައްވާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެމްއެމްޕީއާރުސީލިވަޕޫލް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%