Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި

އަައިޝަތު ޒީނާ
525 ދުވަސް ކުރިން - 2 އޭޕްރިލް 2025 15:13
އެސްޓީއޯއިން ކާޑު ރައްކާކުރާ ގުދަނެއްގައި މުވައްޒަފުން މަސައްކަތް ކުރަނީ. / ފޮޓޯ: ޚުލާސާ
އެސްޓީއޯއިން ކާޑު ރައްކާކުރާ ގުދަނެއްގައި މުވައްޒަފުން މަސައްކަތް ކުރަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑު އިންޑިއަން ރުޕީސް (69 މިލިއަން ޑޮލަރު) ރާއްޖެއަށް ދިނުމަށް ވެސް އިންޑިއާގެ ބަޖެޓުގައި ވަނީ ހިމަނާފައި.

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އެ ޤައުމުން އިއްޔެ އިތުރުކޮށްދީފިއެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން ބުނީ ރާއްޖެއަށް އެކްސްޕޯޓުކުރާ ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކާއި، ކޮންސްޓްރަކްޝަން މަސައްކަތަށް ރާއްޖެ އެތެރެކުރާ މުދަލުގެ މިންވަރު އިތުރުކޮށްފައިވާ ކަމަށެވެ.

މިއީ 1981 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ރާއްޖެއަށް ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކާއި ހިލަވެލި އެތެރެކުރުމަށް އެއްބަސްވެ، އެކަން ކުރަން ފެށިފަހުން ކޯޓާ އިތުރުކޮށްދިން އެންމެ ބޮޑު ޢަދަދުތައްކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement 1

ފާހަގަކޮށްލެވޭ ގޮތުގައި ހިލައާއި، ހިލަވެލި ރާއްޖެއަށް އެކްސްޕޯޓްކުރަން ކަނޑައަޅައިފައިވާ މިންވަރު ވަނީ %30 އިތުރުކޮށް، 1،300،000 މެޓްރިކް ޓަނަށް އިތުރުކޮށްފައެވެ.

މީގެ އިތުރުން ބިސް، އަލުވި، ފިޔާ، ހަކުރު، ފުށް، ހަނޑޫ ރާއްޖެއަށް އެކްސްޕޯޓް ކުރާ މިންވަރު ވަނީ %5 އިތުރުވެފައެވެ. މީގެ އިތުރުން މުގު އެތެރެކުރާ މިންވަރު %56 ވަނީ އިތުރުކޮށްފައެެވެ.

އިތުރުވި މިންވަރަކީ:

  1. ބިސް: 448،913،750
  2. އަލުވި: 22،589 މެޓްރިކް ޓަން
  3. ފިޔާ: 37،537 މެޓްރިކް ޓަން
  4. ހަނޑޫ: 130،429 މެޓްރިކް ޓަން
  5. ފުށް: 114،621 މެޓްރިކް ޓަން
  6. ހަކުރު: 67،719 މެޓްރިކް ޓަން
  7. މުގު: 350 މެޓްރިކް ޓަން

އިންޑިއާއިން ޒަރޫރީ ކާބޯތަކެތި އެކްސްޕޯޓްކުރުން ވަރަށް ގިނަ ޤައުމުތަކަށް ހުއްޓާލި ނަމަަވެސް އެ ޤައުމުގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖެއަށް އައީ އެ ތަކެތި އެކްސްޕޯޓް ކޮށްދެމުންނެވެ.

މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑު އިންޑިއަން ރުޕީސް (69 މިލިއަން ޑޮލަރު) ރާއްޖެއަށް ދިނުމަށް ވެސް އިންޑިއާގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

5 ގަޑިއިރު ކުރިން - 18:39

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

18 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

18 ދުވަސް ކުރިން - 10:25

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

40 ދުވަސް ކުރިން - 13:43