Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތުގެ ދަށުން ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް

ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތުގެ ދަށުން ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް

އަައިޝަތު ޒީނާ
514 ދުވަސް ކުރިން - 2 އޭޕްރިލް 2025 14:54
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މާލެ ސަރަޙައްދުގައި ވަކިވަކި ކަންކަމަށް ޚާއްޞަ ހަސްފަތާލުތައް ތަރައްޤީ ކުރެއްވުމަށްވެސް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް ވިދާޅުވި.

ސަރުކާރުން ތަންފީޒުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރާއްޖެއިން ބޭރަށް ނުގޮސް، ރާއްޖޭގައި ތިބެގެން ޞިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރު ކޮށްދިނުމުގެ އަމާޒަށް ވާޞިލުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، މި ރޮނގުން ކުރިއަށް ކުރައްވަން ހުރި ކަންކަން، ހިއްސާ ކުރައްވާފައެވެ.

Advertisement

Advertisement 1

ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މަރުކަޒުތަކުގެ ޚިދުމަތްތައް ފުޅާ ކުރެއްވުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން ދިރިއުޅެމުންދަނީ މާލެ ސަރަޙައްދުގައި ކަމަށް ވާހިނދު، މާލެ ސަރަޙައްދަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަން ޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ. އެއީ ވަކި ރަށެއް ތަފާތު ކުރުން ނޫން ކަމަށާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ހަސްފަތާލުތައް ޤާއިމުކުރެވި، ތަރައްޤީ ކުރެވޭނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

އައި.ޖީ.އެމް.އެޗްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތައް

ރައީސް ވަނީ ސަރުކާރުން ހިންގާ އެންމެ ބޮޑު ހަސްފަތާލު ކަމުގައިވާ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ.

އެގޮތުން، އައި.ޖީ.އެމް.އެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން 75 އެނދުގެ މަޝްރޫޢެއް ނިންމަވައި، ޚިދުމަތް ދެވެން ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ޖެނެރަލް ވޯޑުގެ ގޮތުގައި އިތުރު ކުރެވޭ 44 އެނދާއި، ހައި ޑިޕެންޑަންސީ ޔުނިޓް (އެޗް.ޑީ.ޔޫ) އެނދުގެ ގޮތުގައި އިތުރު ކުރެވޭ 15 އެނދާއި، 14 ޕްރައިވެޓް ޔުނިޓް ހިމެނެއެވެ.

ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައްވެސް ހަރުދަނާ ކުރަނީ

ޓާޝަރީ ފެންވަރަށް ބަދަލުކުރައްވާފައިވާ ހުޅުމާލޭ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީ ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާއިން ފޯރުކޮށްދެއްވާ ހިލޭ އެހީގެ ތެރެއިން، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރެއްވުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ވަކިވަކި ކަންކަމަށް ޚާއްޞަ ހަސްފަތާލުތައް

މާލެ ސަރަޙައްދުގައި ވަކިވަކި ކަންކަމަށް ޚާއްޞަ ހަސްފަތާލުތައް ތަރައްޤީ ކުރެއްވުމަށްވެސް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ކެންސަރ ހޮސްޕިޓަލުގެ މަސައްކަތާއި، ތެލަސީމިއާއަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ތަރައްޤީ ކުރައްވާ ހަސްފަތާލާއި، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހަސްފަތާލެއްގެ މަސައްކަތްޕުޅު މި ދައުރުގެ ތެރޭގައި ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދުގެ ޙާލަތު އޮތް ގޮތުން ރާއްޖެއިން ބޭރަށް ގޮސް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ޙާލަތްތައް މެދުވެރި ވާކަމަށާއި، އެއީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި، ބަލިޖެހޭ ހިސާބުން، ރާއްޖޭގައި ތިބެގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

12 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

19 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%