Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން އިޢުލާނުކޮށްފި

ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން އިޢުލާނުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
517 ދުވަސް ކުރިން - 1 އޭޕްރިލް 2025 13:12
ކެލާ ފަޅުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭނެއް: އެރަށު ފަޅުތެރޭގައި ދެ ރިސޯޓް ތަރައްޤީ ކުރުމަށް އިންވެސްޓަރުން ހޯދަން ސަރުކާރުން ވަނީ އިޢުލާން ކޮށްފައި.
ކެލާ ފަޅުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭނެއް: އެރަށު ފަޅުތެރޭގައި ދެ ރިސޯޓް ތަރައްޤީ ކުރުމަށް އިންވެސްޓަރުން ހޯދަން ސަރުކާރުން ވަނީ އިޢުލާން ކޮށްފައި.
ޚުލާސާ

ފުރަތަމަ ރިސޯޓަށް ކަނޑައަޅާފައިވަނީ 169.3 ހެކްޓަރުގެ ސަރަހައްދެއް އަދި ދެވަނަ ރިސޯޓަށް ކަނޑައަޅާފައިވާ 156.2 ހެކްޓަރުގެ ސަރަހައްދެއް.

ހއ. ކެލާގެ ފަޅު ތެރޭގައި ދެ ރިސޯޓު ތަރައްޤީކުރުމަށްޓަކައި އިންވެސްޓަރުން ހޯދުމަށް ސަރުކާރުން މިއަދު އިޢުލާނުކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ ރިސޯޓު ތަރައްޤީކުރެވޭނީ 12.9 ހެކްޓަރުގެ ދެ ރަށް ހިއްކައިގެންނެވެ.

https://www.gazette.gov.mv/iulaan/333659

ސަރުކާރުން މާރިޗު 29 ގައި ނިންމާފައިވަނީ ކެލާގެ އިޚްތިޞާޞްގެ ތެރެއިން ޖުމުލަ 325.5 ހެކްޓަރުގެ ސަރަހައްދެއް މި މަޝްރޫޢުއަށް ކަނޑައެޅުމަށެވެ. މީގެ ތެރެއިން ފުރަތަމަ ރިސޯޓަށް ކަނޑައަޅާފައިވަނީ 169.3 ހެކްޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 2,032,110 އެމެރިކާ ޑޮލަރެވެ. ދެވަނަ ރިސޯޓަށް ކަނޑައަޅާފައިވާ 156.2 ހެކްޓަރުގެ ސަރަހައްދުގެ އަގަކީ 1,996,740 އެމެރިކާ ޑޮލަރެވެ.

Advertisement

Advertisement 1

މި ދެ ރިސޯޓު ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 5 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އެވެ. އިންވެސްޓަރުން ހޮވުމުގައި އެންމެ ބޮޑު އިސްކަމެއް ދެވޭނީ ހުށަހަޅާ އަގަށެވެ. އަދި މީގެ އިތުރުން ތިމާވެށްޓާ ރައްޓެހި ތަރައްޤީއަށާއި، އިޖުތިމާޢީ ތަރައްޤީއަށް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީއަށް ދޭ އަހައްމިއްޔަތުކަންވެސް ބެލޭނެއެވެ.

ކެލާގެ ފަޅުގައި ފަތުރުވެރިކަމުގެ ވަސީލަތެއް ތަރައްޤީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި މަޝްރޫޢުގެ ސަބަބުން ކެލާގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް، ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ވަނީ ރިޔާސީ ކެމްޕޭނުގައި ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

6 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

6 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

6 ގަޑިއިރު ކުރިން - 16:42