ޕޫޖާއަށް ދެވަނަ ކުއްޖަކު ލިބެނީ

އަައިޝަތު ޒީނާ | 30 ދުވަސް ކުރިން - 31 މާރިޗް 2025 11:48
ޕޫޖާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއެއް.
ޕޫޖާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއެއް.
ޚުލާސާ

ޕޫޖާ މި ޚަބަރު ހިއްސާކުރުމާ ގުޅިގެން އިންޑަސްޓްރީގެ މީހުންނާއި އޭނާގެ ފޭނުންގެ ފަރާތުން ވަނީ އެ ޢާއިލާއަށް ހޫނު މަރުހަބާއެއް ކިޔާފައި.

އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޕޫޖާ ބެނަރްޖީ އާއި ފިރިމީހާ ސަންދީޕް ސޭޖްވާލްއަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

މި އުފާވެރި ޚަބަރު އާންމުކޮށްފައިވަނީ ޕޫޖާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ޝާއިޢުކުރި ފޮޓޯތަކަކާއެކު އެވެ.

މިދިޔަ ހުކުރު ދުވަހު ޕޫޖާ ވަނީ އޭނާގެ މެޓާނިޓީ ފޮޓޯ ޝޫޓުގެ ތަސްވީރުތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެއާއެކު ޕޫޖާ ބުނެފައިވަނީ ސަނާ ދައްތައަކަށް ވާން އުޅޭ ކަމަށާއި އެކަމާ ސަނާ ވަރަށް އުފާވާ ކަމަށެވެ. އަދި ސަނާ އަކީ ދުނިޔޭގެ އެންމެ ރަނގަޅު ދައްތައަށް ވާނެ ކަމަށް ޝައްކު ނުކުރާ ކަމަށް ވެސް ޕޫޖާ ބުނެފައިވެއެވެ.

ޕޫޖާގެ އަލަތު ދަރިފުޅު، ސަނާ ލިބިފައިވަނީ 2022 ވަނަ އަހަރުގައެވެ. ނަމަވެސް މިފަހަރު ލިބެނީ ކޮންކަހަލަ ކުއްޖެއްކަން ޕޫޖާ އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ޕޫޖާ މި ޚަބަރު ހިއްސާކުރުމާ ގުޅިގެން އިންޑަސްޓްރީގެ މީހުންނާއި އޭނާގެ ފޭނުންގެ ފަރާތުން ވަނީ އެ ޢާއިލާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%