މާމެންދޫގެ އިޚްތިޞާޞްގައި ހުޅިމެންދޫ ހިމެނުމަށް ރައީސް ނިންމަވައިފި

އައިޝަތު ރުވާ ރިފްޢަތު | 32 ދުވަސް ކުރިން - 29 މާރިޗް 2025 21:50
ރައީސް. މާމެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް. މާމެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56-1 ވަނަ މާއްދާގެ (ހ) ގެ ދަށުން.

ގއ. މާމެންދޫގެ އިޚްތިޞާޞްގައި އެ އަތޮޅުގެ ހުޅިމެންދޫ ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

މި ނިންމެވުމަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56-1 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މި މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވައެވެ.

މިއަދު ނެރުއްވާފައިވާ ނަންބަރު 2025/8 ޤަރާރުގައިވާ ގޮތުން، މާމެންދޫގެ އިޚްތިޞާޞަށް ގެނެވުނު ބަދަލު ދައްކުވައިދޭ ޗާޓެއް ޖަދުވަލުކޮށްފައިވެއެވެ. އަދި މި ޤަރާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ވަނީ ހުޅިމެންދޫގައި ރިސޯޓެއް ތަރައްޤީކޮށް، ހޮޓެލް ސްކޫލެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އާމްދަނީ ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް އޭރު ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%