Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަޤާމާއި ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ޝަމްޢާން ފައިސާ ނެގިކަން ތަޙުޤީޤުން ހާމަވެއްޖެ

މަޤާމާއި ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ޝަމްޢާން ފައިސާ ނެގިކަން ތަޙުޤީޤުން ހާމަވެއްޖެ

އަައިޝަތު ޒީނާ
524 ދުވަސް ކުރިން - 29 މާޗް 2025 20:35
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު. / ފޮޓޯ: އިމިގްރޭޝަން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު. / ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ކޯޓު ޢަމުރެއްގެ ދަށުން ޝަމްޢާން ދިރިއުޅޭ ގެ ބަލައިފާސްކޮށް 257,475 ރުފިޔާއާއި 10,000 އެމެރިކާ ޑޮލަރު އަދި ބައެއް ޤައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދާފައިވޭ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު މަޤާމާއި ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ފައިސާ ނެގިކަން ފުލުހުންގެ ތަޙުޤީޤުން ހާމަވެއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އިމިގްރޭޝަންގެ އޮޕަރޭޝަނެއްގެ ތެރެއިން އިމިގްރޭޝަން އޮފިސަރުން ބިދޭސީތަކެއް އަތުން ފައިސާ ހޯދާފައިވާގޮތް ވަރަށް ތަފްޞީލުކޮށް ހާމަކޮށްފައެވެ.

ފުލުހުން ބުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން، މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވަނީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން ޢަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށްކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނާ ބެހޭ މަޢުލޫމާތު ޝަމްޢާނަށް ކުރިން އެނގިފައިވާކަން ފުލުހުންގެ ތަޙުޤީޤަށް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement 1

އޮޕަރޭޝަން ހިންގި ތަނަށް ދިޔައީ ވަޒީފާގެ މަސްއޫލިއްޔަތު ނެތް މުވައްޒަފުންތަކެއް

ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައީ އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް 3 މުވައްޒަފުން ކަމަށެވެ. އެ މުވައްޒަފުންނަކީ ކޮންޓްރޯލަރ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިންގ އަދި މީޑިއާގައި މަސައްކަތް ކުރާ 3 މުވައްޒަފުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ 3 މުވައްޒަފުން ވަނީ ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި، އެ ގެ ބަލައިފާސްކޮށްފައި ކަމަށެވެ.

އެޔަށްފަހު، އެފަދަ އޮޕަރޭޝަންތަަކަށް ޚާއްސަކޮށްފައިވާ އިމިގްރޭޝަންގެ ޓީމެއް ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރުކުރި ބިދޭސީންގެ ތަކެތި ސީލްކޮށް އެމީހުން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ބިދޭސީން އަތުގައި ޤަވާޢިދާ އެއްގޮތަށް ލިޔެކިޔުންތައްވެސް ހުރި

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި 7 ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ޤަވާޢިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ އެމީހާގެ އަތުން ފެނުނު މީހަކު މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ގެންގޮސްފައިވާ ކަމަށާއި އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކޮށްލީ ޝަމްޢާންގެ އިރުޝާދުގެ ދަށުން "އަރޖެންޓް" ކަމެއްގެ ގޮތުގައި ޢަމަލުކުރުމަށް އަންގައިގެންކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފައިސާ ހޯދުމަށް ވެހިކަލްތެރޭގައި މަސައްކަތްތަކެއް ކުރި

ފުލުހުން ބުނީ ދޫކޮށްލި ބިދޭސީ މީހާއާއި ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވީ ދިވެހި ރައްޔިތެއް ކަމަށާއި އެއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފެއްގެ ޢާއިލާ މީހެއް ކަމަށެވެ. އަދި، ބިދޭސީ މީހާ ހައްޔަރުކުރެވުނު އިރު އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ، އޭނާ ދޫކޮށްލި އިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ތަޙުޤީޤަށް އެނގިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބިދޭސީ މީހާ ދޫކޮށްލުމުގެ ޕްރޮސެސް ހިނގަމުން ދިޔައިރު ވަޒީފާގެ މަސްއޫލިއްޔަތު ނެތި ބަލައިފާސްކުރުން ކުރިއަށްގެންދިޔަ އިމިގްރޭޝަން މުވައްޒަފުން މ. ސްޓާ ކްލައުޑް ސަރަޙައްދުގައި ތިބިކަން އެނގިފައިވާ ކަމަށެވެ.

ބިދޭސީ މީހާ ދޫކޮށްލުމަށްފަހު އޭނާ ފުރަތަމަ ދިޔައީ އޭނާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާއާއެކު ސައިކަލެއްގައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މި މައްސަލައިގައި ފަހުން ފުލުހުން ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފަކާއެކު، ޝަހީދު އަލީ ހިނގުމުން އެ ބިދޭސީ މީހާ ވެހިކަލަކަށް އެރި ކަމަށް ފުލުހުން ބުންޏެވެ.

އެ ވެހިކަލް މާލޭގެ އެކި ސަރަޙައްދުތަކުގައި ދުއްވާފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ ތަޙުޤީޤުން ޤަބޫލުކުރާ ގޮތުގައި ބިދޭސީ މީހާގެ ގެ ހުންނަ ސަރަޙައްދަށް އޭނާ ގެންގޮސްފައިވަނީ ވެހިކަލްތެރޭގައި "ވަކި ކަންތައްތަކެއް ނިންމުމަށްފަހު" ކަމަށެވެ.

ބިދޭސީން އަތުން ފައިސާ ހޯދުމުގައި ޝަމްޢާންގެ މަޤާމާއި ނުފޫޒު ބޭނުންކުރި

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ މުވައްޒަފަކު މ. ސްޓާ ކްލައުޑް ކައިރިން ކާރުން ފޭބުމަށްފަހު، ފުލުހުން ހައްޔަރުކޮށްފައިވާ އިތުރު އިމިގްރޭޝަން މުވައްޒަފަކު ވެލާނާ ބިލްޑިންގ ކައިރިން ވެހިކަލަކުން ފައިބާފައިވާ ކަމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން މ. ސްޓާ ކްލައުޑް ކައިރިއަށް ފޭބި އިމިގްރޭޝަންގެ މުވައްޒަފު ސައިކަލެއްގައި ވެލާނާ ބިލްޑިންގ ކައިރިއަށް އައިސް، ފައިސާ އެޅި ކޮތަޅު އިމިގްރޭޝަންގެ ވެހިކަލް އިން ނަގައި، ޝަމްޢާންގެ ގެއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ ޢަދަދެެއްގެ ފައިސާ ހުރިއިރު، ނުކުންނައިރު ކޮތަޅު މުށު ތެރޭގައި ބޮނޑިކޮށްފައި އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޝަމްޢާންގެ ގެއިން ގިނަ ޢަދަދެއްގެ ފައިސާ ވަނީ ހޯދާފައި

ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤުގައި ގިނަ ޢަދަދެއްގެ ސީސީޓީވީ ފުޓޭޖް އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށް މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ކޯޓު ޢަމުރެއްގެ ދަށުން ޝަމްޢާން ދިރިއުޅޭ ގެ ބަލައިފާސްކޮށް 257,475 ރުފިޔާއާއި 10,000 އެމެރިކާ ޑޮލަރު އަދި އެހެނިހެން ބައެއް ޤައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް 5 މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ.

ޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)މޯލްޑިވްސް ޕޮލިސް ސަރވިސްއިމިގްރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

1 ދުވަސް ކުރިން - 20:53

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 15:41

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

3 ދުވަސް ކުރިން - 14:41

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

3 ދުވަސް ކުރިން - 12:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

3 ދުވަސް ކުރިން - 10:57