Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެއާޕޯޓުން ސިނގިރޭޓް ވަގަށް ބޭރުކުރި މައްސަލައިގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

އެއާޕޯޓުން ސިނގިރޭޓް ވަގަށް ބޭރުކުރި މައްސަލައިގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
481 ދުވަސް ކުރިން - 27 މާޗް 2025 17:12
ސިފައިންގޭގައި މަސައްކަތްކުރާ އައިހަމް: އެއާޕޯޓުން ވަގަށް ސިގިރޭޓް ބޭރުކުރި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގައި ކޯޓު އަމުރެއްގެ ދަށުން.
ސިފައިންގޭގައި މަސައްކަތްކުރާ އައިހަމް: އެއާޕޯޓުން ވަގަށް ސިގިރޭޓް ބޭރުކުރި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގައި ކޯޓު އަމުރެއްގެ ދަށުން.
ޚުލާސާ

ވެލިދޫއަށް ނިސްބަތްވާ ސިފައިންގެ މީހާ މިހާރު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވޭ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) ޑިއުޓީ ފްރީ ފިހާރައިން ގަވާއިދާ ޚިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލައިގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ގަސްކަރަ، މުހައްމަދު އައިހަމް (23 އަހަރު) އެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އައިހަމް ހައްޔަރުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގައި ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލަ ހިނގާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ 15:55 ހާއިރު ވީއައިއޭގެ ޑިއުޓީ ފްރީ ފިހާރައިންނެވެ.

މި މައްސަލައިގައި އައިހަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި ވީއައިއޭގައި ހިނގި އިތުރު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މައްސަލަ ހިނގާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 6:20 ހާއިރު، ވީއައިއޭގެ ޑިޕާޗަރ ހޯލުންނެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަޙްމަދު ފައިސަލް (45 އަހަރު) އާއި ޔޫސުފް ނަޛީރު (38 އަހަރު) އެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑަސްބިން ކޮތަޅުތަކަކަށް ސިނގިރޭޓް ކާޓަންތަކެއް އަޅައިގެން ބޭރުކުރަނިކޮށެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ފުލުހެއްވެސް ހިމެނެއެވެ. މި ފުލުސް މީހާ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ދެ މައްސަލައަކީވެސް ފުލުހުން އިތުރަށް ތަޙުޤީޤުކުރަމުންދާ މައްސަލަތަކެއްކަން ފާހަގަކުރެވެއެވެ.

ކުށްކުރުންއެމްއެންޑީއެފްނ. ވެލިދޫމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

3 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

4 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

4 ދުވަސް ކުރިން - 15:54

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

5 ދުވަސް ކުރިން - 20:18

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

7 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

7 ދުވަސް ކުރިން - 00:36