Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަނެއްކާވެސް 24ޙާފިޡުން! ރައީސް ވިދާޅުވީ ފަޚުރުވެރިވާން ޖެހޭކަމަށް

އަނެއްކާވެސް 24ޙާފިޡުން! ރައީސް ވިދާޅުވީ ފަޚުރުވެރިވާން ޖެހޭކަމަށް

ހުސައިން އިސްމާއިލް
523 ދުވަސް ކުރިން - 27 މާޗް 2025 00:50
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހާފިޒުން ދަސްވެނިވުމުގެ ހަފްލާގައި ބައެއް ހާފިޒުން: ސަރުކާރުގެ އަމާޒަކީ ފަސްއަހަރުތެރޭ 1000 ހާފިޒުން އުފެއްދުން. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހާފިޒުން ދަސްވެނިވުމުގެ ހަފްލާގައި ބައެއް ހާފިޒުން: ސަރުކާރުގެ އަމާޒަކީ ފަސްއަހަރުތެރޭ 1000 ހާފިޒުން އުފެއްދުން. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މިހާތަނަށް 250 ކުދިންނަށް ޙާފިޡް ކަމުގެ ސަނަދު ދެވިފައިވޭ. ރައީސްގެ އިލްތިމާސަކީ ކީރިތި ޤުރްއާން ހިތުދަސް ގިނަ ކުދިންތަކެއް އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން.

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ޙާފިޡުންގެ ޢަދަދު އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި އަނެއްކާވެސް 24 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ގައުނާއި ހަނދާނީ ލިޔުން ދެއްވައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ޙާފިޡުމް ދަސްވެނިވުމުގެ ހާއްސަ ހަފުލާގައި އެމަނިކުފާނު ވަނީ ޙާފިޡް ކަމުގެ ސަނަދު ޙާޞިލް ކުރުމަކީ ފަޚުރުވެރިވާން ޖެހޭނެ ކަމެއް ކަމަށެވެ.

ޙާފިޡުންނަށް ހިއްވަރު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ، މިއީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވާތީ ޙާފިޒުންގެ ގޮތުގައި ދަސްވެނިވާންޖެހޭނީ އަހަރަކު މިއަށްވުރެ ގިނައިންކަމަށާއި، ކީރިތި ޤުރްއާން ހިތުދަސް ގިނަ ކުދިންތަކެއް އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލައްވާކަމަށެވެ.

Advertisement

Advertisement 1

ގުރުއާން ހިތުދަސްކޮށް ހާފިޒްކަމުގެ ސަނަދު ހާސިލްކުރި ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ހާފިޒްކަމުގެ ސަނަދު ހަވާލުކުރައްވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރައީސް ވިދާޅުވީ، މިސަރުކާރުގެ ސިޔާސަތަކީ، އަދި އަޒުމަކީވެސް ދިވެހި ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި މައިންބަފައިންނާއި ޓީޗަރުންނާއި އެންމެން ގުޅިގެން ކުރެވޭ ބުރަ މަސައްކަތްތަކުން މި އަދަދު އެތައް ގުނައަކުން އިތުރުކުރުންކަމަށް ވެސް މިރޭ ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮންމެ މީހަކީވެސް ޤުރްއާނުގައިވާ ގޮތަށް ޢަމަލުތައް ބައްޓަންވެފައިވާ މީހަކުކަމުގައިވުމަށް އިލްތިމާސް ކުރައްވާފައެވެ.

މި ހަފުލާގައި ހަނދާނީ ލިޔުން ދެއްވި ހާފިޒުންނަކީ 2022 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކުރެއްވި ފަރާތްތަކެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން އެމަނިކުފާނުގެ ދެކަނބަލުންނާއި ސަރުކާރުގެ ވަޒީރުންމާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވި/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި މިހާތަނަށް 250 ކުދިންނަށް ހާފިޒުކަމުގެ ސަނަދު ދެވިފައިވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި ހާފިޒުންނަށް ދެއްވި ގައުނަކީ އެ ކުދިންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ގައުނެކެވެ. މި ގައުނާއެކު ތުރުކުރައްވާ ތާކިހާ އުސޫލެއްގެ ތެރެއިން ކުދިންނަށް މިލްކުކުރެވޭނެ ކަމަށާއި، ހާއްސަ ހަފުލާތަކާއި ޖަލްސާތަކުގައި ގުރުއާން ކިޔެވުމާއި ހުތުބާ ދެއްވުމަށް މި ތާކިހާ ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލޭ ހުކުރު މިސްކިތުގެ ހިތްގައިމު ޑިޒައިންތައް ހިމެނޭހެން ނުލާއި ރަންކުލައިން ފަރުމާކޮށްފައިވާ މި ގައުނުން ދައްކުވައިދެނީ ރާއްޖޭގެ އިސްލާމީ ތާރީހާއި ސަގާފަތާއި ދިވެހިންގެ މެދުގައިވާ އިސްލާމީ އުހުއްވަތްތެރިކަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހާފިޒުން
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

6 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

6 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

6 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

8 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

8 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

8 ގަޑިއިރު ކުރިން - 16:42

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%