Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެ ޓީވީއަށް ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައިފި

ރާއްޖެ ޓީވީއަށް ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައިފި

އައިޝަތު ރުވާ ރިފްޢަތު
532 ދުވަސް ކުރިން - 26 މާޗް 2025 18:40
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް: ރާއްޖެ ޓީވީއާއި ދެކޮޅަށް ފިޔަވަޅު ނާޅާތީ ގިނަބަޔަކު ދަނީ ޝަކުވާ ކުރަމުން.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް: ރާއްޖެ ޓީވީއާއި ދެކޮޅަށް ފިޔަވަޅު ނާޅާތީ ގިނަބަޔަކު ދަނީ ޝަކުވާ ކުރަމުން.
ޚުލާސާ

މި ހާދިސާއަކީ މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަން ބޭނުންވާ ފަރާތްތާ ފަރާތްތަކަށް އަޅާލުމާއި، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހީނަރުކަން ލިބިގެންދާނެކަމެއް ކަމަށް ވުޒާރާއިން ފާހަގަކުރި.

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ޖޯކު ޖެހި މައްސަލައިގައި ފިޔަވަޅު އަޅައިދިނުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ ޓީވީން 24 މާރިޗު 2025 ވަނަ ދުވަހު ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް، ޚާއްޞަކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން ވާހަކަދައްކާ އަމަލުކޮށްފައިވާ ކަމަށެވެ.

ވުޒާރާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުންނާއި ރާއްޖޭގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެއް ކަމަށެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ މަނާކަމެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

މި ހާދިސާއަކީ މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަން ބޭނުންވާ ފަރާތްތާ ފަރާތްތަކަށް އަޅާލުމާއި، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހީނަރުކަން ލިބިގެންދާނެކަމެއް ކަމަށް ވުޒާރާއިން ބުންޏެވެ. އަދި މިފަދަ ކަންކަން ތަކުރާރުވެގެން ދިއުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތައް ދެއްކުން އާންމުވެގެން ދިއުމުގެ ފުރުޞަތު އޮތްކަމެއް ކަމަށް ވެސް ވުޒާރާއިން ފާހަގަކުރިއެވެ.

އެހެންކަމުން، މި މައްސަލައާއި ގުޅިގެން ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ބްރޮޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

ދިވެހި މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަމާއި އަޅާލުމާއި ލޯބި ލިބެންޖެހޭ އެންމެހާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި ޙައްޤުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމަޢުގެ ހުރިހާ ކަމެއް ރޭވުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައިއެވެ

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

209 ދުވަސް ކުރިން - 21:09

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

240 ދުވަސް ކުރިން - 22:16

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފަޒީން އަށް ދައުވާ ކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފަޒީނަށް ދައުވާ ކޮށްފި

245 ދުވަސް ކުރިން - 19:13

މީޑިއާ ބިލް ކޮމިޓީއިން ފާސްކޮށްފި

މީޑިއާ ބިލް ކޮމިޓީއިން ފާސްކޮށްފި

359 ދުވަސް ކުރިން - 18:52

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންގޮސްފި

ސޯޝަލް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

364 ދުވަސް ކުރިން - 10:59

ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ރާއްޖޭގައި ފަށަނީ

366 ދުވަސް ކުރިން - 09:08