Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ވަޢުދުވިގޮތަށް ތިންމަސްތެރޭ ދެއްވަދޫ އައިސްޕްލާންޓް އޮޕަރޭޝަނަށް

ރައީސް ވަޢުދުވިގޮތަށް ތިންމަސްތެރޭ ދެއްވަދޫ އައިސްޕްލާންޓް އޮޕަރޭޝަނަށް

އައިޝަތު އީމާން
523 ދުވަސް ކުރިން - 26 މާޗް 2025 16:32
ދެއްވަދޫ އައިސްޕްލާންޓް - ދުވަސްތަކަކަށް ފަހު އައިސްޕްލާންޓުގެ ހިދުމަތް މިހާރު ވަނީ ފެށިފައި. / ފޮޓޯ: ޚުލާސާ
ދެއްވަދޫ އައިސްޕްލާންޓް - ދުވަސްތަކަކަށް ފަހު އައިސްޕްލާންޓުގެ ހިދުމަތް މިހާރު ވަނީ ފެށިފައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

ނިމިދިޔަ ސަރުކާރުން ދަބަރަށް ވާން ދޫކޮށްލާފައިވާ ދެއްވަދޫ އައިސްޕްލާންޓުގެ މައްސަލަތައް ހައްލުކޮށް އަލުން އޮޕަރޭޝަނަށް ގެނެސްދީފައި މިވަނީ ރައީސް ވަޢުދުވިތާ 3 މަސްތެރޭ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވަދޫ އައިސްޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ. މިއީ ކުރީގެ ސަރުކާރުގެ ދެ އަހަރަށްވުރެ ގިނަ ދުވަހު ވީރާނާވާން ދޫކޮށްލާފައި އޮތް އައިސްޕްލާންޓެކެވެ.

ރައީސް މުޢިއްޒު މިއަހަރުގެ ޖަނަވަރީ 9 ވަނަ ދުވަހު ދެއްވަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުން ދެއްވަދޫ މަސްވެރިން އެދުނީ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެސްދެއްވުމަށެވެ. ރައީސް އޭރު ވަޢުދުވެވަޑައިގަތީ ތިން މަސް ތެރޭ އެކަން ކޮށްދެއްވާނެ ކަމަށެވެ. އެ ވަޢުދު ފުއްދުމުގެ ގޮތުން، މިހާރު ވަނީ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައެވެ.

ދެއްވަދޫ މަސްވެރިއަކު ބުނި ގޮތުގައި ކުރީގެ އެމްޑީޕީ ސަރުކާރުން ފަރުވާ ކުޑަކޮށްލައި ދޫކޮށްލާފައިވާ އައިސްޕްލާންޓް އޮޕަރޭޝަނަށް ނުގެނެވި، ފެނަކައާއި ހަވާލުކޮށްފައި އޮތުމަށްފަހު އެފަހަރުގެ ރިޔާސީ އިންތިޚަބާއި ދިމާކޮށް އެމްޑީޕީ ސަރުކާރުން އައިސްޕްލާންޓަށް ބޭކާރު ގޮތުގައި ގިނަޢަދަދެއްގެ ވަޒީފާތައް ވެސް އުފެއްދިއެވެ. ނަމަވެސް ސަރަޙައްދުގެ ގިނަ މަސްވެރިން ޚިދުމަތް ހޯދާ އެ އައިސްޕްލާންޓް މަރާމާތު ކުރުމަށް ކުރީ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން އެރަށުން ފާހަގަކުރިއެވެ.

Advertisement

Advertisement 1

”އެހެން ދަބަރަށް ވާން ދޫކޮށްލާފައި ބޭއްވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް. އެމްޑީޕީ ސަރުކާރުން ދެއްވަދޫ އެކަންޏެއްނޫން، މުޅި ސަރަޙައްދުގެ މަސްވެރިންނަށް ބޭނުންހިފޭ މި އައިސްޕްލާންޓާއި މެދުގައި ފަރުވާ ކުޑަކޮށްލީ. އެހެންކަމުން ރައީސް ޑރ. މުޢިއްޒު އަށް ވެރިކަން ލިބިވަޑައިގެން އެމަނިކުފާނު މިރަށަށް ވަޑައިގަތް ދުވަހު އަޅުގަނޑުމެން އެދުނީ މިކަން ރަނގަޅުކޮށްދޭން. އެމަނިކުފާނު ވަޢުދުވިތާ ތިންމަސް ނުވޭ. މިހާރު އެހެރީ ހައްލު ކޮށްފައި" ދެއްވަދޫ މަސްވެރިއަކު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ވަޢުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުއް ފުއްދަވަމުންދާއިރު، އޭގެ އިތުރުންވެސް ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެއްދެވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ގއ. ދެއްވަދޫރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

2 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

2 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

2 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

4 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

4 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

4 ގަޑިއިރު ކުރިން - 16:42