Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތުރުކީވިލާތުގެ އިސްތަންބޫލް މޭޔަރު ޖަލަށް ލައިފި

ތުރުކީވިލާތުގެ އިސްތަންބޫލް މޭޔަރު ޖަލަށް ލައިފި

ޖަވާދު
526 ދުވަސް ކުރިން - 24 މާޗް 2025 10:39
އިސްތަންބޫލުގެ މޭޔަރު އިކްރާމް އިމަމޯލޫ (54)
އިސްތަންބޫލުގެ މޭޔަރު އިކްރާމް އިމަމޯލޫ (54)
ޚުލާސާ

ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ އިމަމޯލޫ ޖަލަށް ލާފައިވަނީ ކޮރަޕްޝަންގެ މައްސަލަތަކުގައި ކަމަށް ތުރުކިޔޭ ސަރުކާރުން ބުނޭ.

ތުރުކީވިލާތުގެ އެންމެ ބޮޑު އަދި މުހިންމު ސިޓީ ކަމުގައިވާ އިސްތަންބޫލުގެ މޭޔަރު އިކްރާމް އިމަމޯލޫ އިއްޔެ ޖަލަށް ލައިފިއެވެ. 54 އަހަރުގެ އިމަމޯލޫ ޖަލަށް ލާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާއަކާއި ގުޅިގެން، ޝަރީޢަތް ފެށެންދެން ބަންދުގައި ބެހެއްޓުމަށް ތުރުކީވިލާތުގެ ކޯޓަކުން ކުރި ޙުކުމަކާއި އެއްގޮތަށެވެ.

އިމަމޯލޫއަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ކަމަށް ބެލެވެއެވެ. އޭނާ ޖަލަށް ލުމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. މީގެ ތެރޭގައި ތުރުކީވިލާތުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އާއި ބޭރުގެ ބައެއް ޤައުމުތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ތުރުކީ ރައްޔިތުން ހިމެނެއެވެ.

އިމަމޯލޫ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝޕްޝަންގެ ތުހުމަތުތަކަށް އިންކާރުކޮށް، އެއީ އޭނާގެ އަގުވައްޓާލުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައެވެ. "އަޅުގަނޑު ހުންނާނީ ތެދަށް، އަޅުގަނޑު ގުދެއް ނުވާނަން،" އޭނާ ވިދާޅުވިއެވެ. އަދި މިއީ ތުރުކީވިލާތުގެ ޑިމޮކްރެޓިކް ޙަޔާތުގައި ކުރިމަތިވި ކަޅު ލައްގަނޑެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

Advertisement

Advertisement 1

އެހެންނަމަވެސް، ތުރުކީ ސަރުކާރުން ބުނަނީ އިމަމޯލޫގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަކީ ސިޔާސީ ބޭނުމަކަށް އުފުލާފައިވާ ދަޢުވާތަކެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން އޭނާ ޖަލަށްލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައްވެސް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

އިމަމޯލޫ ޖަލަށް ލާފައިވަނީ ކުރިއަށް އޮތް އާންމު އިންތިޚާބުގައި ސީއެޗްޕީ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި އޭނާގެ ނަން ހުށަހެޅުމަށް އެ ޕާޓީން ތައްޔާރުވަމުންދިޔަ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން އޭނާއަށް ތާއީދުކޮށް ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ، ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުން ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

ތުރުކީވިލާތުގެ ޢާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުއެވެ. ނަމަވެސް، 22 އަހަރު ވެރިކަން ކޮށްފައިވާ އުރްދުޣާން އަލުން އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިނަމަ، އިންތިޚާބުގެ ތާރީޚު އަވަސްކުރުމަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ. މިއީ ޤާނޫނީ ގޮތުން ރައީސްކަމުގެ މަޤާމުގައި ދެމިހުރެވޭނެ އެންމެ ދިގު މުއްދަތު އޭގެ ކުރިން އުރްދުޣާނަށް ހަމަވާނެތީއެވެ.

މި މައްސަލައިގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާތައް ބޭއްވުން ވެސް ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ. ނަމަވެސް، އިމަމޯލޫއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ، އެއްވުންތައް ބާއްވަމުންދާކަން ފާހަގަކުރެވެއެވެ. މި އެއްވުންތައް ކޮންޓްރޯލްކުރުމަށް ފުލުހުން މަސައްކަތްކުރަމުންދާއިރު، ބައެއް ހިސާބުތަކުގައި ހަމަނުޖެހުންތައް ހިނގާފައިވާކަން ވެސް ރިޕޯޓުތަކުން ދައްކައެވެ.

އިމަމޯލޫ ޖަލަށްލުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން ވަނީ ތުރުކީ ސަރުކާރަށް ގޮވާލައި، އިމަމޯލޫގެ މައްޗަށް ކުރެވިފައިވާ ދަޢުވާތަކުގެ ޝަރީޢަތް އިންސާފުވެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ތުރްކިއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒަން އުފެއްދުމުގައި ތުރްކިޔޭން އެމެރިކާ ފަހަތަށް ޖައްސާލައި 1 ވަނައަށް

ވަޒަން އުފެއްދުމުގައި ތުރްކިޔޭން އެމެރިކާ ފަހަތަށް ޖައްސާލައި 1 ވަނައަށް

11 ގަޑިއިރު ކުރިން - 09:12

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

1 ދުވަސް ކުރިން - 09:01

ތުރުކީ، ސައޫދީ އަދި ޕާކިސްތާނުގެ ދިފާއީ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް: އެރްދޮގާން

"ތުރުކީ، ސައޫދީ އަދި ޕާކިސްތާނުގެ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް"

16 ދުވަސް ކުރިން - 09:38

ތުރުކީގައި 'ސަންރޫފް' ސިސްޓަމްލީ ތަފާތު މިސްކިތެއް ބިނާކޮށްފި

ތުރުކީގައި 'ސަންރޫފް' ސިސްޓަމްލީ ތަފާތު މިސްކިތެއް ބިނާކޮށްފި

22 ދުވަސް ކުރިން - 06:43

ތުރުކީ ބާޒާރު ދިވެހި މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު

ތުރުކީ ބާޒާރު މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު!

31 ދުވަސް ކުރިން - 13:23

ތުރުކީގެ ޓީމަކަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް

ތުރުކީގެ ޓީމަކަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް

45 ދުވަސް ކުރިން - 12:20