Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހދ. އަދި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މަހު ހުޅުވާލަނީ

ހދ. އަދި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މަހު ހުޅުވާލަނީ

އާނާ ފަހީމް
435 ދުވަސް ކުރިން - 23 މާޗް 2025 17:58
ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ޓޫރިޒަމް ދާއިރާ ކުރިއަށް އޮތްތަނުގައި ފުޅާވެ، ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މާސްޓަރޕްލޭނެއް ހަދަމުންދާ ކަމަށް.
ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ޓޫރިޒަމް ދާއިރާ ކުރިއަށް އޮތްތަނުގައި ފުޅާވެ، ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މާސްޓަރޕްލޭނެއް ހަދަމުންދާ ކަމަށް.
ޚުލާސާ

ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭން ހަދައި، އެ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މާކެޓިންގ ޕްލޭނެއްވެސް ދަނީ އެކުލަވާލަމުން.

ހދ. އަތޮޅާއި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މަހު ހުޅުވާލާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފާއިތުވެފައިވާއިރު، ފަތުރުވެރިކަން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެންމެ އެދެވޭ މިންވަރަށް ފުޅާވެފައި ނުވާތީ، މިކަމަށް ހައްލުތަކެއް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭން ހަދައި، އެ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މާކެޓިންގ ޕްލޭނެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އަތޮޅުތަކުގެ ތެރެއިން ހުޅުވިގެން ދިޔުމަކީ އިތުރު އިންވެސްޓަރުން އަންނާނެ ކަމެކެވެ. އަދި މި އަތޮޅުތަކުގައި އިތުރު ރިސޯޓްތައް ހެދިގެން ދިޔުމަކީ ފަތުރުވެރިކަމުގެ ފުރުސަތުތައް ފަހިވެ، އިޤްތިޞާދީ ހަރަކާތްތައް އިތުރުވުމާއެކު ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވެގެންދާނެ ކަމެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement

މީގެއިތުރުން، ޓޫރިޒަމްގެ ޤާނޫނަށް އަލަށް ގެނެވުނު އިޞްލާޙު ވެގެންދާނީ ޓޫރިޒަމް ދާއިރާ ކުރިއަށް އޮތްތަނުގައި ފުޅާވެ، ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެޅޭ އިތުރު ބާރަކަށް ކަމަށް ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

(ކުރީގެ މިނިސްޓަރު) ތާރިގް އިބްރާހިމް

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

4 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

14 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

17 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

1 ދުވަސް ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

1 ދުވަސް ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%